އެންމެ އަލިގަދަތަރި: އިބްރާހީމް ޢަލީ

އެންމެ އަލިގަދަ ތަރީގެ ތިން ފައިނަލިސްޓުން   ފޮޓޯ :ސަން އޮންލައިން

އެންމެ އަލިގަދަ ތަރީގެ ތިން ފައިނަލިސްޓުން ފޮޓޯ :ސަން އޮންލައިން

ބަރަކާތްތެރި ރަމަޟާންމަހު ޓެލެވިޜަން މޯލްޑިވްސްގެ ފަރާތުން ބާއްވަމުންގެންދާ ކީރިތިޤުރުއާން ރީތިކޮށް ތަޖްވީދުގެ ހަމަތަކާއެއްގޮތަށް ކިޔަވަން އެންމެރަނގަޅަށް ދަންނަމީހަކު ހޮވުމަށް މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން ގެންދާ ޕްރޮގްރާމް “އެންމެ އަލިގަދަ ތަރީ” ގެ މިއަހަރުގެ އެއްވަަނަ މާލޭ ދަފްތަރު 9286 ،އިބްރާހީމް އަލީ ހޯދައިފިއެވެ.

އިބްރާހީމް އަލީ އެއްވަނަހޯދީ މިމުބާރާތުގައި ބައިވެރިވި 12 ބައިވެރިންގެ ތެރެއިން ފައިނަލަށް އައިސް ފައިނަލްގާ ވާދަކޮށްގެންނެވެ. ދެވަނައަށް އައީ ރ.ދުވާފަރު ސީސަންގޭ އުއްމުހާނީ އިބްރާހީމްއެވެ. ތިންވަނަ ހޯދާފައިވަނީ ވަރަށްރީތި އަޑެއްގެވެރިޔާ އދ. މާމިގިލީ ހިރިގާ ޔަޝްފާ މުޙައްމަދެވެ.

ފައިނަލްގާ ވާދަކުރި ތިންފަރާތަށް ބޮޑެތި އިނާމުތައް ހުށަހަޅާފައިވާ މިމުބާރާތުގެ އޮޑިޝަންގައި 79 މީހަކު ބައިވެރިވެގެން އޭގެ ތެރެއިން މުބާރާތަށް ހޮވިފައިވަނީ 12 ބައިވެރިންނެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއަރސް ޝަރަފްވެރި ކޮށްދެއްވި މިމުބާރާތުގެ ފައިނަލިސްޓުންނަށް އިނާމު ހަވާލުކޮށްދެއްވީ އިސްލާމިކްމިނިސްޓަރ ޑރ. ޒިޔާދު ޢަބްދުލް ބާޤިރުއެވެ. މި ގޮތުން އެއްވަނަ ހާސިލްކުރި އިބްރާހީމް އަލީއަށް 100000ރުފިޔާ ، ދެވަނަހޯދި ރ. ދުވާފަރު ސީސަންގޭ އުއްމުހާނީއަށް 50000ރުފިޔާ އަދި ތިންވަނައަށްދިޔަ އދ.މާމިގިލީ ހިރިގާ ޔަޝްފާ މުޙައްމަދަށް 25000 ރުފިޔާ ލިބިފައި ވެއެވެ.

ފައިނަލްގެ ތިން ބައިވެރިންނަށް މީގެއިތުރުންވެސް އަމިއްލަފަރާތްތަކާ އެކިއެކި ޖަމްޢިއްޔާތަކާ މުވައްސަސާތަކުން އިނާމު ދީފައި ވެއެވެ.

ފައިނަލްގެ ތިން ބައިވެރިންނަށް ލިބުނު ކާމިޔާބީއާމެދު ފަޚްރުވެރިވަމުން ބުނެފައިވަނީ އެމީހުންނަށް މި މުބާރާތުގައި ބައިވެރިވެގެން ކުރިން ނޭގޭ ކިތަންމެ އެއްޗެއް އެނގިގެން ހިގައްޖެކަމާ މިއީވަރަށް އުފާވެރި،ތަފާތު ތަޖްރިބާތަކެއް ކުރެވުނު ކަމެއްކަމުގައެވެ. އަދި ކީރިތިޤުރުއާން ކިޔެވުމާ ކިޔަވައިދިނުމުގެ ފަންނުގައި ލިބިފައިވާ ހުރިހާ ޢިލްމެއްގެ ބޭނުންް އެހެން މީހުންނަށް ދަސްކޮށްދިނުމަށްޓަކާ ކުރާނޭކަމުގައެވެ.

އެންމެ އަލިގަދަތަރި ޕްރޮގްރާމަކީ 2013 ވަނައަހަރުން ފެށިގެން ޓީވީއެމްއިން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން ގެންދާ ،ޢާއްމުންގެ އެންމެ މަޤްބޫލު އެެއްޕްރޮގްރާމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top