ކައުުންސިލް އިންތިޚާބު ފަސްކުރަން ފާސްކޮށްފި

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

ލޯކަލްކައުންސިލް އިންތިހާބު ފަސް ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ބިލު 2020” މަޖިލީހުުން ފާސްކޮށްފިއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލު ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ.

ސަރުކާރުން ހުށަހެޅި ބިލުގައި ބުނެފައިވަނީ އެންމެ ލަސްވެގެން ވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6ވަނަ ދުވަހުގެ ކުރިން ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން އިލެކްޝަންސް އިން އިންތިޚާބު ބާއްވަން ނިންމީ މި މަހުގެ 18ވަނަ ދުވަހުއެވެ. އެހެންނަމަވެސް ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އިލެޝަނުން، މުއްދަތެއް ނެތް ގޮތެއް އިންތިޚާބު ފަސް ކުރުމަށް ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ހައިކޯޓަށް ހުށަހެޅި މައްސަލަ ނެގުމަށްފަހު ސުޕްރީމް ކޯޓަށް ވެސް ހުށަހެޅުމަށްފަހު މައްސަލަ އަނބުރާ ނެގީ އެކަމުގައި މަޖިލީހުން ހައްލެއް ހޯދައި ދޭނެ ކަމަށް ބުނުމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top