އޭދަފުށީގައި އެއްވެއުޅުން މަނާ!.

DSCN4860.jpg

އޭދަފުށީގެ މަގެއް--އީވީ ފައިލް ފޮޓޯ

މުޅި ދުނިޠޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ވަބާ ރާއްޖެއަށް ވެސް އައިސްފައިވާތީ އެކަމުން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް ޕީއޭ )އިން ދެއްވާފައިވާ ލަފާއާއި އިރު ޝާދުގެ މަތިން ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އޭދަފުށީގައި މީހުން އެއްވެ އުޅުން މަނާ ކޮށްފިއެވެ.

މިކަމާ ގުޅިގެން އޭދަފުށީ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ވަޒަންކޮށް އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން “ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު” އިއުލާނު ކުރައްވާފައިވުމާއެކު މި ރޯގާއިން ރައްކާތެރިވުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާއި ބައެއް ފަރާތްތަކުން ޚިލާފުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންވެ އެކަންކަން އެގޮތަށް ނުކުރުމަށާއި ރޯގާއިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައް ކުރުމުގައި ފަރުދީ ޒިންމާ އަދާ ކުރަން އިއުލާނުގައި ގޮވާލާފައިވެއެވެ.

ހަމަ އެއާއެކު އޭދަފުއްޓާ ކައިރީގައި އޮންނަ ރޯޔަލް އައިލެންޑް ރިސޯޓުގައި މިހާރު ކޮވިޑް -19އަށް ޕޮޒިޓިވް ވެފައިވާ އެކަކު ހުރީތީވެ މިކަމަށް ސަމާލު ވުމާއެކު ކޮންމެހެން ބޭނުން ވެއްޖެ ހާލަތެއްްގައި ނޫނީ ގެއިން ބޭރަށް ނުނުކުތުމަށް ވެސް އިލްތިމާސް ކުރައްވައެވެ.

“ގިނަ ބަޔަކު އެއްވެ އުޅޭގޮތަށް ރަށުގެ އެކި ސަރަހައްދު ތަކުގައި ބަހައްޓާފައި ހުންނަ ޖޯލިފަތި ތަކުގައި މީހުން އެއްވެ ނޫޅުމަށާ އެފަދަ ތަންތަނަކީ މީހުން އެއްވެ އުޅުން މަނާ ތަނަތަންކަމުގައި މިއަދުން ފެށިގެން މުއްދަތެއްނެތް ގޮތަށް ކަނޑައަޅައި އަންގައި އިއުލާނު ކުރަމެވެ. ” ކައުންސިލްގެ އިއުލާނު ނިންމާލަމުން ބުނެފައިވެ އެވެ.

ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 17 އަށް އަރާފައިވާއިރު، ބަލިން ރަނގަޅު ވެފައިވަނީ 11 މީހެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top