އިންޓަރ އޮފީސް ފުޓްސަލް : ސެމީފައިނަލްގެ ޓީމުތައް ކަށަވަރުވެއްޖެ

DSCN9571.jpg

އުރީދޫ އާއި ބަޔޮސްފިޔާ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ:އީވީ/ޝާހިރު

އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން މިނިވަން ދުވަހާ ގުޅުވައިގެން އޭދަފުށީގައި މިހާރު ކުރިއަށް ދާ ފުޓްސަލް ޗެލެންޖުގެ ފިރިހެން ބައިގެ ސެމީ ފައިނަލުގެ ޓީމުތައް ކަށަވަރު ވެއްޖެއެވެ.

އެގޮތުން ދިރާގާއި އުރީދޫ، ހޮސްޕިޓަލް ކޮމްބައިން ޓީމު އަދި ކައުންސިލް ކޮމްބައިން ޓީމު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރު ކުރީ ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުތަކުން މޮޅުވެގެންނެވެ.

ސެމީ ފައިނަލް މެޗުތައް މިރޭ ފަށާނެއެވެ. އެވެ. ފުރަތަމަ ސެމީގައި ދިރާގު ވާދަކުރާނީ ކައުންސިލް ކޮމްބައިން ޓީމާ އެވެ. ދެވަނަ ސެމީގައި އަތޮޅު ހޮސްޕިޓަލް ކޮމްބައިން ޓީމާ ދެކޮޅަށް ނުކުންނާނީ އުރީދޫ އެވެ.

މި މުބާރާތުގެ އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ އަތޮޅު ހޮސްޕިޓަލުން ހޯދާފައިވާ އިރު ދެވަނަ ޖާގަ ކަށަވަރުވާނީ ލިބޭނީ މިރޭ ކުޅޭ ޕޮލިސް ކޮމްބައިން އާއި ކައުންސިލް ކޮމްބައިން ޓީމާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

މި މުބާރާތަކީ އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓް ޖަމިއްޔާގެ ފަރާތުން ރަށު ކައުންސިލާ ގުޅިގެން ބާއްވާ މުބާރާތެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top