އޭދަފުށީ ބޮޑުމިސްކިތުގެ ވަށާފާރުގެ ކުލަ އާކުރަނީ

59464850_1079362805521332_1020867228943253504_n.jpg

އޭދަފުށީ ބޮޑުމިސްކިތުގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތް ކުރިއަށް ދަނީ --ފޮޓޯ :އޭދަފުށީ ކައުންސިލް

އޭދަފުށީ ބޮޑު މިސްކިތުގެ (މަސްޖިދު މުއީނުއްދީނުއްސާނީ ) ވަށާފާރުގައި ކުލަ އާކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަސައްކަތުގައި ރަށު ކައުންސިލާއި އޭދަފުށީގައި ގާއިމްކޮށްފައިވާ ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ރައްޔިތުންވެސް ބައިވެރިވެއެވެ.

މަސްޖިދު މުއީނުއްދީނުއްސާނީގެ ވަށާފާރުގައި ރޯދައާ ދިމާކޮށް ކުލަ އާކުރަމުން މިދަނީ ވަށާފާރުގެ ކުލަ އާކުރުމަށް ރައްޔިތުން އެދެމުންދާތާ ދެ އަހަރެއްހައި ދުވަސް ފަހުންނެވެ.

މިސްކިތުގެ ވަށާފާރުގައި ކުލަލުމުގެ އިތުރުން އަންހެނުން ނަމާދު ކުރުމަށް ހަމަޖައްސާފައިވާ ބައި، ބޮޑު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މިމަސައްކަތް ރޯދަމަސް އައުމުގެ ކުރިން ނިމޭނެ ކަމަށް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ޔޫސުފް ކަލޭފާނުގެ މިސްކިތަށް ބައެއް އިތުރު ކުރުމުގެ މަސައްކަތްވެސް ކުރެވެމުން ދާއިރު ރޯދައިގެ ކުރިން މިމަސައްކަތްވެސް ނިންމާލެވޭނެކަމަށް ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top