ކުރިއަށް އޮތް ފަސް އަހަރު . މިދާއިރާގެ ތަރައްގީއަށް އާ އިންގިލާބެއް ގެެނުވާނެ ފަސް އަހަރު

saleem.jpg

އޭދަފުށީ ދާއިރާގެ ކުރިއަށް އޮތް ފަސް އަހަރަކީ މި ދާއިރާއަށް ތަރައްގީއަށް އިންގިލާބެއް ގެނުވާނެ އާ ފަސް އަހަރަށް ވެގެންދާނެކަމަށް އޭދަފުށި ދާއިރާގެ މެންބަރު އަދި ތިންވަނަ ދައުރަށް މި ދާއިރާއަށް ކުރިމަތި ލައްވާފައިވާ އަހްމަދު ސަލީމު ވިދާޅުވެއްޖެއެވެ.

ސަލީމު މިހެން ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް ބުނެލަން އޮތް ފަހު ބަހަކީ ކޮބައިތޯ އީވީ އިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސަލީމު ވިދާޅުވީ އޭދަފުށި ދާއިރާ ގެ ތަރައްގީއަށް މި އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ކުރަުމަށް ބަޖެޓް ކުރެވިފައިވާނެ ކަމުގައެވެ. އޭގެ ތެރޭގައި ބ.އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ގޮތުން އާ ބިލްޑިންގއެއް އެޅުމާއި މާޅޮހާއި ހިތާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ހިމަނާފައި ވާނެ ކަމުގައެވެ.
“އަޅުގަނޑުގެ މަސައްކަތުން ހިތާދޫއާއި މާޅޮހުގެ ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރީ ދެ އަހަރުވެސް ބަޖެޓް ގައި ހިމެނިން. އެކަން ކުރިއަށް ނުދާތީ ސަރުކާރުގެ ކަމާބެހޭ މުވައްސަސާ ތަކުގައި  އެތައް ފަހަރަކު ދެންނެވިން. މިކަން ކައުންސިލްތަކަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.. ”

ސަލީމު ވިދާޅުވީ ދާއިރާގެ ތަރައްގީއަށް ބަޖެތް ކުރެވިފައި ހުރި ކަންކަން ކުރޭތޯ ސަރުކާރުގެ އިޚްލާސް ތެރިކަން ހުރިވަރު ބެލުމަށް ފަހު އެކަން ކުރިއަށް ނުދާނަމަ އޭނާގެ އަމިއްލަ ޚަރަދުގައި ހިތާދޫއާއި މާޅޮހުގެ ނަރުދަމާ މިއަހަރު ތެރޭގައިނިންމުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.

އިތުރަށް ސަލީމު ވިދާޅުވީ ދާއިރާގެ ރައްޔިތުން ވޯޓު ދިނުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހެނީ ދާއިރާ ދެކެ ލޯބިވާނީ ދާއިރާގެ ރައްޔިތެއް ކަމުގައެވެ. އަދި ރައްޔިތުންގެ އިހްސާްތަކާއި ރައްޔިތުންގެ ވިންދު އެންމެ ބޮޑަށް އެނގޭނީވެސް މި ދާއިރާގެ މީހަކަށް ކަމުގައެވެ. ” ނިކަނވިސްނަވާ ! މަޖިލީހުގެ ހަޔާތުން ވޭވެދިޔަ ގިނަ އަހަރު ތަކުގައި ފުރަތަމަ ބ.އަތޮޅު ދެން މި ދާއިރާ ހިސާރު ކޮށްގެން އުޅުނި ދާއިރާ އިން ބޭރު ބީރައްޓެހިން . އެބޭފުޅުން ނަށް ދާއިރާ އަށް އެއްވެސް ކަމެއް ކޮށްދެވުނުތޯ؟” ސަލީމު ސުވާލު އުފެއްދެވިއެވެ

ސަލީމު ވިދާޅުވީ މި ދާއިރާގެ ތައުލީމާ ގުޅިފައިވާ ކަންކަމުގައި އިހުމާލުވެފައިވާ ކަމުގެ އަޑުތައް ވާދަވެރި ފަރާތްތަކުން ފަތުރަމުން ގެންދާ ކަމުގައެވެ. ޚާއްސަކޮށް ބ.އަތޮޅު ތައުލީމީ މަރުކަަށެވެ. މިކަމަށް ރައްދު ދެއްވައި ސަލީމު ވިދާޅުވީ ތައުލީމީ ދާއިރާގެ ސިޔާސަތު ބައްޓަން ކުރަނީ ސަރުކާރުންކަމާ އެކަމަކު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ކުރިއެރުމަށާއި ޕީޓީއޭ އަށް އޭނާގެ އެހީތެރިކަން ވޭތުވެ ދިޔަ 10 އަހަރު ދުވަހުން ފެށިގެން ވަމުން ދާކަން ސްކޫލަަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމުގައެވެ. ” އެހީއަކީ ދީފައި ނުވަތަ ދޭން ގަސްތު ކުރާކަމަށް ވާނަމަވެސް އެވާހަކަ ދެއްކުމަކީ އަޅުގަނޑު ގަބޫލު ކުރާ އުސޫލެއް ނޫން. އެހެހްނަމަވެސް މި ވާހަކަ ދަންނަވަން މިޖެހެނީ މިދާއިރާގެ ތައުލީމަށް އަޅުގަނޑުގެ އެއްވެސް އެހީތެރިކަމެއް ވޭތުވެދިޔަ 10 އަހަރުވެސް ވެފައިނުވާ ވާހަކަ އަޅުގަނޑާ އިދިކޮޅަށް ކެންޕޭން ކުރުމަުގައި ބޭނުންކުރަމުން އަންނާތީ.”

ސަލީމު ވިދާޅުވީ މި ދާއިރާދެކެ އޭނާ އަށްވުރެ ބޮޑަށް ލޯބިވާ އޭނާ އަށްވުރެ ބޮޑަށް އަޅާލި އެއްވެސް ރައްޔިތަކު މި އުޑު ދަށުގައި ނުހުންނާނެ ވާހަކަ ދަންނަވަނީ ފަޚްރުވެރި ކަމާއެކުގައި ކަމަށެވެ.  ވަކި ވަކި ފަރުދުންނާ ކްލަބް ޖަމިއްޔާ ތަކާ ކައުންސިލްތަކުން ހިންގަމުން ގެންދިޔާ މަޝްރޫއުތަކާ އިޖްތިމާއީ ހަރަކާތްތަކާ ކުޅިވަރު އިވެންޓް ތަކަށް ޚަޜަދު ކުރުމުގައި ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ އެހީތެރިކަމާއި ތަރައްގީ ޔަގީން ކުރުމަުގައި ނަމޫނާ ދައްކާނޭ ކަމުގައެވެ.

އޭނާ ވިދާޅުވީ މާދަމާއަކި މިހުރިހާ ކަމަކަށް ވިސްނުމަށްފަހު އިމްތިހާނުން ފާސްވާން ޖެހޭ ދުވަސް ކަމުގައެވެ. ތަރައްގީއާއި ކުރއެރުން ދާއިރާއަށް ހޯދައިދޭން ބޭނުންވާނަމަ އެކަމަށް އެންމެ ގާބިލް މީހާއަކީ ސަލީމުކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން ދާއިރާދެކެ ލޯބިވާ ދާއިރާގެ ރަށްވެހި ރައްޔިތެއްކަމުގައިވާ ކެންޑިޑޭޑޭޓް ނަންބަރު 4 އަހުމަދު ސަލީމުއަށް ވޯޓު ދެއްވުމަކީ މި ދާއިރާގެ ރައްޔިތުން ނިންމާނެ އެންމެ ރަނގަޅު އަދި ތަރައްގީ ޔަގީންވާ ހަމައެކަނި ގޮތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top