ކްލޯސާ ޖަރުމަނުގެ ޓީމަށް ކުޅުން ހުއްޓާލައިފި

klose-2014.jpg

ޖަރުމަނުގެ ޓީމަށް އެންމެ ގިނަ ގޯލް ޖަހާދީފައިވާ ހުނަރުވެރި ފޯވާޑް ކްލޯސާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ޖަރުމަނު ޓީމަށް މިއަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރިއިރު ކްލޯސާވަނީ އެމުބާރާތުގައި ޖެހި 2 ގޯލާއި އެކު ވޯލްޑްކަޕްގެ ތާރީޚުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށްވެފައެވެ. ޖަރުމަނަށް ކުޅެދިން 137 މެޗްގައި ކޮލޯސާވަނީ 77 ގޯލް އެޤައުމަށް ކާމިޔާބުކޮށްދީފައެވެ. އަދި ހަތަރު ވޯލްޑްކަޕެއްގައި ޖެހިޖެހިގެން ގޯލްޖެހި ތިންކުޅުންތެރިންގެ ތެރޭގައިވެސް ކްލޯސާ ހިމެނެއެވެ.

ޕޮލެންޑަށް އުފަންވި ނަމަވެސް ޖަރުމަނަށް ކުޅޭ ކްލޯސާ ވަނީ ވޯލްޑްކަޕްގައި 16 ގޯލް ކާމިޔާބުކޮށްފައެވެ. ކްލޯސާ ބުނީ 13 އަހަރުވަންދެން ޤައުމީ ޓީމަށް ކުޅެ ހޯދިފައިވާ ކާމިޔާބީ ތަކާއިމެދު އޭނާ ފަހުރުވެރިވާކަމަށެވެ. ޖަރުމަނާއި އެކު އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ މިފަހަރުގެ ވޯލްޑްކަޕެވެ. މީގެ އިތުރުން 2002 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ދެވަނަ މަޤާމާއި 2006 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތިންވަނަ މަޤާމް ހޯދި ޖަރުމަނުގެ ޓީމްގައިވެސް ކްލޯސާ ވަނީ ހިމެނިފައެވެ. އަދި 2008 ވަނަ އަހަރުގެ ޔޫރޯ ފައިނަލުން ބަލިވިއިރުވެސް ކްލޯސޭވަނީ ޖަރުމަނުގެ ޓީމްގައި ހިމެނިފައެވެ.

“ޖަރުމަނުގެ ފުޓްބޯޅައިގައި ލިބުނު ބޮޑުކާމިޔާބީގައި ބައިވެރިވެވުނީތީ އަހަރެން އުފާކުރަން، ވޯލްޑްކަޕް ކާމިޔާބުކުރުމަކީ އެންމެ ކުޑައިރުންސުރެވެސް ހުވަފެނެއް” މިހާރު އިޓަލީގެ ލާޒިއޯއަށް ކުޅެމުންދާ ކޮލޯސާ ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top