މުށިމަހުން ރަށް ތިޔާގިވެއްޖެ. އަންހެނުންވެސް މުށިމަހަށް

IMG-2ee4f0b404449dc4d09fd80720742c5d-V.jpg

އިރު އަސުރަށް ލަނބާލާއިރު މިހާރު އޭދަފުށިން ފެންނަ މަންޒަރު ތަފާތެވެ. މުށިމަހުން ބަރުކޮށްފައިވާ ވީލްބަރޯ ތައް ފިރިހެން ވެރިން ގޭގެއަށް އެތެރެކުރާ އިރު މިކަން ޚާއްސަވާ ދެވަނަ ކަމަކީ މި މަސައްކަތުގައި އޭދަފުށި އަންހެނުންވެސް ފިރިހެނުންނަށް ދޫނުކޮށް އެމަސައްކަތުގައި އުޅޭތީއެވެ. . އެމީހުންވެސް ފިރިހެނުންނާ އެކު ދޯނިފަހަރުގައި މިދަނީ އޭދަފުއްޓާ މާދުރު ނޫން ހިސާބެއްގައި އޮންނަ ފަޅަކަށް މުށިމަސް ބާނާށެެވެ.

އީވީއާ ވާހަކަ ދެއްކި އަންހެނަކު ބުނީ މިއީ މަޖާ ކަމެއްކަމާއި އިއްޔެ އެ އާއިލާގެ ތިން މީހުންވެސް ދިޔައީ މުށި މަހަށް ކަމުގައެވެ. “ތިން ބެއިން ހެނދުނު އަށެއް ޖަހާކަށް ހާއިރު ދިޔައީ. ފަސް ހާހެއްހައި މުށިމަސް ބާނައިގެން އެނބުރި ރަށަށ އައިއިރު އަސުރު ވެދާނެ . “ނަން ޖެހުމަށް އުޒުރުވެރިވަމުން ބުންޏެވެ.

އޭނާ ބުނީ އެމުށިމަސްތައް ކައްކައި، ކަށިނަގައި ހިއްކުމަށްފަހު އެއިން ރިހާކުރުވެސް ހަދާ ކަމުގައެވެ.

މުށިމަހަކީ މަސްމީރު އަދި ކަނޑު މަހެކޭ އެއްގޮތަށް ރިހައާއި ގަރުދިޔަ ކެއްކުމަށާ ރިހާކުރު ހެދުމަށްވެސް ބޭނުން ކުރެވޭ މީރު މަހެކެވެ.

އޭދަފުށީގައި މިހާރު މުށިމަހެއް ވިއްކަމުން ދަނީ ރުފިޔާއަކަށް ދެމަހުގެ ރޭޓުން ކަމަށް ވިޔަސް ބައެއް މީހުން އަގަކާ ނުލާ ހިލޭވެސް ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top