ޒޯން 3ގެ ޗެމްޕިއަންކަން ފެހެންދޫ ހޯދައިފި

viber-image.jpg

އެސްޓީއޯ މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން ތިނެއްގެ ޗެމްޕިއަންކަން ބ.ފެހެންދޫ ހޯދައިފިއެވެ.

ފެހެންދޫ ޗެމްޕިއަންކަން ހޯދާފައިވަނީ މިއަދު ހަވީރު ޅ.ނައިފަރުގައި ރ. މީދޫ އާ ބައްދަލު ކޮށް 3-2  އިން ފައިނަލް މެޗް ކާމިޔާބު ކޮށްގެންނެވެ.

މެޗުގައި ފެހެންދޫ އަށް ކިތުނާ ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑު ޖަހައިދިނީ ސިފައްޓޭ އެވެ.

ޒޯން ތިނެއްގައި ވާދަކުރީ ބ. އަތޮޅުގެ ޗެމްޕިއަން ފެހެންދުއާއި، ރ. އަތޮޅުގެ ޗެމްޕިއަން މީދޫގެ އިތުރުން ޅ. އަތޮޅުގެ ޗެމްޕިއަން ނައިފަރެވެ. އެ ޒޯނުގެ ފައިނަލަށް ދަތުރުކުރީ ލީގު އުސޫލުން ކުޅުމަށް ފަހު، އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ޓީމެވެ.

ޒޯން ތިނެއްގެ ޗެމްޕިއަންކަން ހޯދި ފެހެންދޫ، ދެން ވާދަކުރަން ޖެހޭނީ ފައިނަލް ބުރުގައެވެ. އެ ބުރުގައި ވާދަކުރާނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރަކުން ޖާގަ ހޯދި ޓީމުތަކާއި، މިއަހަރުގެ މުބާރާތުގެ ޒޯން ޗެމްޕިއަންކަން ހޯދާ ޓީމުތަކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top