ހިތާދޫ ސްކޫލަށް އިތުރުކުރި ދެ ބުރި އިމާރާތް އެސްކޫލާ ހަވާލުކޮށްފި

t.jpg

އާއިމާރާތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރއިން - ފޮޓޯ : މިނިސްޓްރީއޮފް އެޑިއުކޭޝަން

ވޯލްދްބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ބ.ހިތާދޫ ސްކޫލަގައި އަލަށް އިތުރުކުރި ދެބުރި އިމާރާތް މިއަދު އެސްކޫލާ ހަވާލު ކޮށްފިއެވެ.

ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ކިޔަވައިދެވޭނެ ފެންވަރަށް ހަދާފައިވާ ހަ ކްލާސްރޫމް ހިމެނޭ މި އިމާރާތް ހިތާދޫ ސްކޫލާ ހަވާލުކޮށްދެއްވީ ހިތާދޫ ކައުންސިލްގެ ރައީސް އަބްދުﷲ އަޒީޒު އެވެ. ހިތާދޫ ސްކޫލްގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ހަފީޒު ޚާލިދު އެވެ.

ހިތާދޫ ސްކޫލުން ބުނިގޮތުގައި މިއިމާރާތުގައި އަންނަ ހަފްތާއިން ފެށިގެން ކިޔަވައިދޭން ފެށޭވަރުވާނެއެވެ.

މި ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ  ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 5.1 މިލިޔަން ރުފިޔާއަށް މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

ސްކޫލަށް އިތުރުކުރެވުނު މި ހަ ކްލާސްރޫމްގެ ސަބަބުން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެކަމަށް މިނިސްޓްރީއޮފް އެޑިއުކޭޝަން އިން ބުނެއެވެ.

ގްރޭޑް ދިހައަކާއި ހަމައަށް ކިޔަވައިދެމުންގެންދާ ހިތާދޫ ސްކޫލްގައި 213 ކުދިން ތައުލީމް ހާސިލްކުރަމުން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top