ޤައުމީ ފެންވަރުގެ މޮޅު ކުޅުންތެރިއަކަށް ހައިޝަމް ވާނެ – ކޯޗު ބައްޓޭ

17795852_1329776043771272_2262848950573926827_n.jpg

އޭދަފުށީ ފުޓްބޯޅަ ޓީމްގެ އުއްމީދީ ކުޅުންތެރިޔާ ހައިޝަމް ހަސަން. ދެއަހަރެއްހާދުވަސްތެރޭޣައި ޤައުމީ ފެންވަރުގައި ހައިޝަމް ކުޅޭނެކަމަށް ކޯޗް ބައްޓޭ ބުނޭ / ފޮޓޯ ރާއި ފޮޓޯގްރަފީ

މިނިވަން ޗެންޕިއަންޝިޕްގައި އޭދަފުށި އިއްޔެ ދަރަވަންދޫއާ ބައްދަލުކުރިމެޗްގައި އޭދަފުށި މޮޅުކޮށްދިން ހަމައެކަނި ލަނޑުޖެހި ހައިޝަމް ހަސަން (17 އަހަރު) އަކީ ރާއްޖޭގެ ޤައުމީ ފެންވަރުގައި ވިދާލާނެ ކުޅުންތެރިއަކަށް ވެދާނެކަމަށް އޭދަފުށި ޓީމްގެ ކޯޗް ބައްޓޭ ބުނެފިއެވެ.

އިއްޔެގެ މެޗަށްފަހު އީވީން ކުރި ސުވާލަކަށް ޖަވާބުދެމުން ބައްޓޭ ބުނީ ހައިޝަމްގެ ޕާފޯމެންސާމެދު ވަރަށް ހިތްހަމަޖެހޭކަމަށާ، އޭނާއަކީ ވަރަށް ބާރަށް ކުރިއެރުން ހޯދަމުން އަންނަ ކުޅުންތެރިއެއްކަމަށެވެ. އަދި މިފެންވަރުގައި ކުޅޭނަމަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ހައިޝަމްއަކީ ޤައުމީ ޓީމުގައި ވިދާލާނެ ކުޅުންތެރިއަކަށް ވެދާނެކަމަށްވެސް ބައްޓޭ ބުންޏެވެ.

“ވަރަށް ޓެލެންޓެޑް، ސްޕީޑީ، ހައިޓް ހުރި ކުޅުންތެރިއެއް ހައިޝަމްއަކީ، އަނެއްކާ އޭނާއަކީ ފިޒިކަލީވެސް ޓަފް ކުޅުންތެރިއެއް. ލެފްޓް ވިންގަށް ކުޅޭ މަދުކުޅުންތެރިން ތެރެއިން އެކެއް އެއީ. މިފެންވަރުގައި އޭނާ ދެއަހަރެއްހާދުވަހު ކުޅެފިއްޔާ ފުރަތަމަ ޑިވިޜަންގައި ކުޅޭނެ މާރަނގަޅަށްވެސް. އަހަރެން ބުނާނީ ހަމަ ޤައުމީޓީމްގެ ތަރިއަކަށް ވެދާނޭ ހައިޝަމް” އޭދަފުށީގެ ގިނަ ކުޅުންތެރިންތަކެއް ގައުމީ ފެންވަރަށް ޓްރޭންކޮށްފައިވާ ކޯޗް ބައްޓޭ ބުންޏެވެ.

ހައިޝަމް ޔުނިޓީ ފުޓްސަލް ޗެލެންޖްގެ ތެރެއިން. / ފޮޓޯ ކްލަބް ދަބިގިނާސް ފޭސްބުކްޕޭޖް

ބައްޓޭ ބުނީ މޮޅަށް ކުޅޭ ކޮންމެ ކުޅުންތެރިއަކު ވިދާނުލާނެކަމަށާ، ނަމަވެސް ރަނގަޅު އަހްލާގެއްގައި ކޯޗުންގެ ބަސްއަހައިގެން ކުޅޭ ކުޅުންތެރިން ތަފާތު ދައްކާނެކަމަށެވެ. އެގޮތުން ބަލާއިރު ހައިޝަމް އަކީ އަދި ފަށައިގަންނަ ކުޅުންތެރިއެއްކަމަށާ، މިކަންކަމަށް މުސްތަޤްބަލްގައި ސަމާލުކަން ދޭންޖެހޭކަމަށެވެ.

“މޮޅު ކޮންމެ ކުޅުންތެރިއަކީ ވިދާލާނެ ކުޅުންތެރިއެއްނޫން. ހައިޝަމްގެ އަހްލާގް ވަރަށް ރަނގަޅަށް އަދި ފެންނަނީ. އެކަން ދަމަހައްޓައިގެން ކުރިއަށް ދާނީ.”

ޔުނިޓީ ފުޓްސަލް ޗެލެންޖްގެ މެޗެއްގެ ކުރިން ހައިޝަން އިދިކޮޅު ޓީމް ކުޅުންތެރިންނާ ސަލާން ކުރަނީ / ފޮޓޯ: ޓީބީ ފޭސްބުކްޕޭޖް

ބައްޓޭ ބުނީ އޭދަފުށި ދަރަވަަންދޫ މެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ހައިޝަމް ދެއްކި ކުޅުމާމެދު ހިއްހަމަޖެހޭ ކަމަށާ، 2 ވަނަލެގްގައި ފުރަތަމަ 11 އަށް ހައިޝަން އެރުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

ހައިޝަމް އޭދަފުށީ ޓީމަށް މިއަހަރު ނަގާފައިމިވަނީ އޭދަފުށީގައި މިއަހަރު އޮތް ބ. އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖްގެ ފައިނަލަށް އިރުމަތީ ލަވާސް ގެންދިއުމުގައި ޓީމްގެ ކެޕްޓަންގެ ގޮތުގައި އޭނާ ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވެސް ވަނިކޮށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top