ބިހުގެ މައްސަލަ ބައިނަލްއަގްވާމީ ފަރާތަކުން ސަމާލުކަމަށް ގެނެސްފައެއްނެތް : ހެލްތު މިނިސްޓްރީ

2-2.jpg

މިދުވަސްކޮޅު ރާއްޖޭ އެތެރެކޮށްގެން ޕްލާސްޓިކް ބިސް ވިއްކަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ޕްލާސްޓިކް ބިހުގެ މައްސަލަ އަދި މިހާތަނަށް ބައިނަލްއަގްވާމީ އެއްވެސް ފަރާތަކުން ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން މިއަދުކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ޑަބްލިއުއެޗްއޯގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް (އިންފޯސަން) އަދި ކަމާގުޅުން ހުރި އެފަދަ އެއްވެސް އިދާރާއަކުން އެފަދަ މައްސަލައެއް ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި ނުވާ ކަމަށެވެ.

އެ މައްސަލަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލަމުންދާ ކަމަށްވެސް ހެލްތު މިނިސްޓްރީގެ ޓްވީޓުގައި ބުނެފައިވެ އެވެ.

ބައެއް މީހުން ވަނީ އެ މީހުންނަށް އެފަދަ ބިސް މިދިޔަ ރޯދަ މަހު ގަނެވިފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައިވެސް އެވާހަކަ ދައްކާފައެވެ.

އެމީހުން ބުނާ ގޮތުގައި އެ ބިހުން ތާޒާ ބިސް ވަސް ދުވި ނަމަވެސް އާދައިގެ ބިހާ ވަރަށް ތަފާތެވެ. އަދި ބިސް ތަޅާލުމުން ބިހުގެ ހުރިހާއެއްޗެއް އެއްފަޅިއަކަށް ގޮސް ހުންނަ ކަމަށާއި، އަނެއް ފަޅި ހުސްކޮށް އޮންނަ ކަމަށް ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top