ދިގުއިންތިޒާރުގެ ނިމުން – އޭދަފުށީ ބިންހިއްކަން ފަށައިފި

މިއަދު ހެނދުނު އޭދަފުށީ އިރުމަތީކޮޅު ހިއްކުމުގެ މަސައްކަތް ކުރިޔަށްދާއިރު އެސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން. މިމަޝްރޫއުގެ ދަށުން އޭދަފުށިން 25.9 ހެކްޓަރު ބިން ހިއްކާނެކަމަށްވޭ / އީވީ ފޮޓޯ: އަބްދުލް ޤައްޔޫމް

އޭދަފުށީގެ ގިނަބަޔަކު އިންތިޒާރުކުރަމުންއައި އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއަދު ހެނދުނު 6:45ގައި ފެށުނު މިމަޝްރޫއުގެ ދަށުން ފުރަތަމަ ވެލިއަޅަން ފަށާފައިވަނީ އޭދަފުށީ އިރުމަތީ ކޮޅު ކުނިއަޅާ ސަރަހައްދުން ފެށިގެންނެވެ.

ދިވެހި ސަރުކާރުން 125 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށްގެންދާ މިމަޝްރޫއުގެ ދަށުން އޭދަފުށިން 25.9 ހެކްޓަރު ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ

މިއަދު ހެނދުނު ބިންހިއްކުމުގެ މަސައްކަތް ފެށިފައިވާއިރު ހެނދުނުގަޑީގައި ރަށުގެ ގިނައަދަދެއްގެ ބަޔަކު މިމަސައްކަތް ހިނގާތަން ބެލުމަށް އެސަރަހައްދަށް އެއްވިއެވެ.

ހިއްކަމުންދާ ސަރަހައްދުގެ މަސައްކަތް ބަލާލުމަށް މިއަދު ހެނދުނު ބަޔަކު އެސަރަހައްދަށް ޖަމާވެފައި / އީވީ ފޮޓޯ: އަބްދުލް ޤައްޔޫމް

ހިއްކަމުންދާ ސަރަހައްދުގެ މަސައްކަތް ބަލާލުމަށް މިއަދު ހެނދުނު ބަޔަކު އެސަރަހައްދަށް ޖަމާވެފައި / އީވީ ފޮޓޯ: އަބްދުލް ޤައްޔޫމް

އަނެއްކޮޅުން މިމަޝްރޫއު ފެށުމަށްޓަކައި ބާއްވާ ރަސްމިއްޔާތައް ރަށްވަނީ ޒީނަތްތެރިކޮށްފައެވެ. މިރަސްމިއްޔާތު މާދަމާ، ނުވަތަ އަނެއްދުވަހު ބޭއްވޭވަރުވާނޭކަމަށް ކައުންސިލް އިދާރާއިން ބުނެއެވެ.

ބިންފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ބިން މިހާރު ހަމަޖެހިފައިވާގޮތަށް ހިއްކާނިމޭއިރު ރަށުގެ ސައިޒު 56 ހެކްޓަރަށްވުރެ ބޮޑުވާނެއެވެ. މިހާރުގެ ސައިޒަކީ 31 ހެކްޓަރެވެ.

ހިއްކަމުންދާ ސަރަހައްދު ބަލާލުމަށް މިއަދު އެސަރަހައްދަށްގޮސްތިބި 3 ޒުވާނަކު މަޑުކޮށްލައިގެން. މިމަޝްރޫއުގެ ދަށުން 25.9 ހެކްޓަރު ބިން ހިއްކާނެކަމަށްވޭ. ފޮޓޯ: އަބްދުލްޤައްޔޫމް

ހިއްކަމުންދާ ސަރަހައްދު ބަލާލުމަށް މިއަދު އެސަރަހައްދަށްގޮސްތިބި 3 ޒުވާނަކު މަޑުކޮށްލައިގެން. މިމަޝްރޫއުގެ ދަށުން 25.9 ހެކްޓަރު ބިން ހިއްކާނެކަމަށްވޭ. ފޮޓޯ: އަބްދުލްޤައްޔޫމް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި

scroll to top