އެސްޓީއޯގެ ފައިދާ މާޗްމަހު ރެކޯޑަކަށް

އެސްޓީއޯގެ ފާމަސީއަކުން ބަޔަކު ބޭސް ގަންނަނީ. އެސްޓީއޯގެ ފައިދާ މާޗްމަހުވަނީ ރެކޯޑު އަދަދަކަށް މައްޗަށްގޮސްފައި / ފޮޓޯ: އިންޓަނެޓް

އެސްޓީއޯގެ ފާމަސީއަކުން ބަޔަކު ބޭސް ގަންނަނީ. އެސްޓީއޯގެ ފައިދާ މާޗްމަހުވަނީ ރެކޯޑު އަދަދަކަށް މައްޗަށްގޮސްފައި / ފޮޓޯ: އިންޓަނެޓް

ނިމި ދިޔަ މާޗް މަހު ވެސް ރެކޯޑު މިންވަރަކަށް އެސްޓީއޯއަށް ފައިދާ ވެއްޖެއެވެ.

އެސްޓީއޯގެ މައި އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ، ވޭތުވެ ދިޔަ މަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 49 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މާޗް މަހު 49 މިލިޔަން ރުފިޔާގެ ފައިދާއެއް ހޯދާފައިވާ އިރު، އެސްޓީއޯއިންވަނީ ފެބްރުއަރީ މަހާއި ޖެނުއަރީ މަހު ވެސް 46 މިލިޔަން ރުފިޔާގެ ފައިދާ ހޯދާފައެވެ.

އާޒިމް ވިދާޅުވީ އެކުންފުނިން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތަކުގެ އަގު ބޮޑު ނުކޮށް އެ ކުންފުންޏަށް ލިބެމުންދާ މާލީ ކުރިއެރުންތަކުގެ ފަހަތުގައިވަނީ ހަރަދު ކުޑަ ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި މެނޭޖުމެންޓު ޓީމުގެ ގާބިލުކަން ކަމަށެވެ. އެސްޓީއޯއަށާއި ރައްޔިތުންނަށް ކުރިއެރުން ހޯދަން މެނޭޖުމެންޓް ޓީމު ގެ ކޮމިޓްމެންޓު ވަރަށް ވަރު ގަދަ ކަމަށެވެ. އަދި ދެން އަންނަ ބަޔަކަށް އެސްޓީއޯ ދޭނީ މިއަށް ވުރެ ވަރުގަދަ އެސްޓީއޯއެއްގެ ގޮތުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ގުދަނެއް އެޅި، ހުސްނުވާނެ ގޮތަކަށް ރޯދަ މަހުން ކުރިން އެސްޓީއޯއިން އިއުލާންކޮށްފައިވާ ގޮތަށް އަގު ހެޔޮކޮށް އަލުވިއާއި ފިޔާ އަދި ބިސް ލިބެން ހުންނާނެ ގޮތަށް ހައްދަވާނެ ކަމަށެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top