އޭދަފުށީ ފީރޯޒުގޭ އަބޫބަކުރު ކުއްލި ގޮތަކަށް ނިޔާވެއްޖެ

image-0-02-06-9a25a67a0b34f1a2919e75a3c6fdc007725fd89e864fcc7175095ecd859f6099-V-2.jpg

ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ ބ.އޭދަފުށީ ފީރޯޒުގޭ އަބޫބަކުރު އިބްރާހީމް ޓެކްސީ ދަތުރެއްގައި ދަނިކޮށް ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

މާލޭގެ ޓެކްސީ ސެންޓަރެއްކަމުގައިވާ ކުލީ ދުވެލީގައި ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ބ.އޭދަފުށީ ފީރޯޒުގޭ،55، ނިޔާވެފައިވާ ގޮތާ ބެހޭގޮތުން އެސެންޓަރުގެ ޑްރައިވަރަކު ބައެއް މީޑިއާއަށް މައުލޫމާތު ދިންގޮތުގައި ބަކުރު ނިޔާވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 7:00 ޖަހާ އެހާކަންހާއިރު ދަތުރެއް ކުރަމުންދަނިކޮށް މެޔަށް ތަދެއް އަރައިގެން ވެއްޓިގެންނެވެ.

“ޖަމާލުއްދީން ސްކޫލު ކައިރިން އެޑްވާންސް މެޑިކަލް އާއި ދިމާލަށް ލަބާލިތަނާހެން އުނދަގޫވެގެން ބަކުރު ޓެކްސީން ފެއިބީ، އޭރު ފަސިންޖަރަކު އިން ފަހަތުގައި، ފައިބާފައި ހުއްޓާ ވެއްޓެމުން ވެއްޓެމުން ވެއްޓުނީ،” އޭނާ ބުންޏެވެ.

ބަކުރަށް ފަރުވާ ދިނުމަށް އެސަރަހައްދުގައި ތިބި މީހުން ޓެކްސީއަކަށް ލައި އޭނާ އައިޖީއެމްއެޗްއަށް ފޮނުވި ކަމަށާއި އޭނާ މަރުވީ ފަރުވާ ދެމުންދަނިކޮށް ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ބޮޑަށް ބުރަވެވޭ ގޮތުގައި ބަކުރު ނިޔާވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ބަކުރު ނިޔާވިއިރު ކައިވެންޏެއް ކުރައްވާފައެއް ނުވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top