މާރެސް އިން މިފަހަރު ފިރިހެން ވޮލީ މުބާރާތެއް

17499223_1294981813883688_2602861359728838846_n.jpg

މާރެސް ޖަމިއްޔާއިން އެންމެ ފަހުން ބޭއްވި އަންހެން ވޮލީ މުބާރާތް ކާމިޔާބު :ކުރި ގޮއިދޫ ޓީމް - ފޮޓޯ : މާރެސް ފޭސްބުކް ޕޭޖް

މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރަމަންޓް ސޮސައިޓީ (މާރެސް) ޖަމިއްޔާއިން މީގެ ކުރިން ބާއްވަމުން އައީ އަންހެނުން ވޮލީ ބޯޅައަށް އަހުލު ކުރުވުމަށް އަންހެނުންގެ ވޮލީ ބޯޅަ މުބާރާތް ކަމަށް ވިޔަސް ފިރިހެނުންގެ ވޮލީބޯޅަ މުބާރާތެއްވެސް ބާއްވަން ގަސްދު ކޮށްފައިވާކަން އެ ޖަމިއްޔާއިން ހާމަ ކޮށްފިއެވެ.

ބ. އަތޮޅަށް ހުޅުވާލައިގެން އެ ޖަމިއްޔާއިން ބާއްވާ ފިރިހެން ޑިވިޝަންގެ ފުރަތަމަ ވޮލީ މުބާރާތާ ބެހޭ ގޮތުން މާރެސް އިން ބުނީ އަންނަ ޖުލައިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ މި މުބާރާތުގެ މަގްސަދަކީ އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައި ދިނުމާއި، ކުުންތެރިންގެ ހުނަރު ރަނގަޅުކުރުމުގެ އިތުރުން އެކުވެރިކަން އާލާ ކުރުން ކަމަށެވެ.

މާރެސް ޖަމިއްޔާއިން ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި، އެރަށުގެ ޓީމުތަކަށާއި އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ނުވަ މުބާރާތެއް ބާއްވާފައެވެ. މި މުބާރާތް ތަކުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާއި ރާއްޖެއިންބޭރުގެ ކުޅުންތެރިން ވެސް ވާދަ ކޮށްފައިވެ އެވެ.

ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި މާރެސް ޖަމިއްޔާ އިން ވަނީ ރާއްޖެއިން ބޭރުގެ ކޯޗުންނާއެކު ދެ ކޯޗިން ކޭމްޕްވެސް އެރަށުގައި ބާއްވާފައެވެ.

އެ ޖަމިއްޔާއިން މިހާތަނަށް ވޮލީބޯޅައިގެ އަންހެން ޑިވިޝަންގެ ދެ މުބާރާތް ވަނީ ބާއްވާފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top