އިއްޔެ ކުރިޔަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ އޭދަފުށީ ކައުންސިލްގެ ވަގުތީ ނަތީޖާއިން ވެރިކަންކުރާ ޕީޕީއެމްއަށް 3 ގޮނޑި ލިބޭނެކަން ޔަޤީންވެއްޖެއެވެ.
ރޭ ދަންވަރު ލިބުނު މައުލޫމާތުތަކަށް ބަލާއިރު އޭދަފުށީގައި ބެހެއްޓި 3 ވޯޓްފޮއްޓާއި، މާލޭގައި ބެހެއްޓި އޭދަފުށީ ދާއިރާގެ ވޯޓްފޮށީގެ ނަތީޖާ ގާތްގަނޑަކަށް ކަށަވަރުވަނީ ޕީޕީއެމްއަށް 3 ގޮނޑި، އެމްޑީޕީއަށް 1 ގޮނޑި އަދި އަމިއްލަ ކެނޑިޑޭޓަކަށް 1 ގޮނޑިކަމަށެވެ.
ޕީޕީއެމްއިން ކައުންސިލަށް ހޮވޭނެކަމަށް މިހާތަނަށް ދައްކަނީ ތަފާޓު ބޮޑުކޮށް 1 ވަނައިގައި ލީޑްކުރަމުންދާ ތޮލާލް އަބްދުއްރަހްމާނެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯދާނެކަމަށް އެމްޑީޕީގެ ނައުޝާދު އަހްމަދު ދައްކާއިރު، 3 ވަނައަށް އެންމެ މަތިން ވޯޓް ހޯދާނެކަމަށް ބެލެވެނީ އަމިއްލަ ކެނޑިޑޭޓް ޒައިދު އަލީއެވެ. 4 ވަނައިގައި ޕީޕީއެމްގެ ހައްވާ ސަމީހާ އޮތް އިރު ފަސްވަނާގައި އަދި އޮތީ ޝަމްލާ އަބްދުﷲ އެވެ. މިނަތީޖާތަކަކީ ކުދިކުދި ބަދަލު އަންނާނެ ނަތީޖާތަކެކެވެ. ނަމަވެސް މައިގަނޑު ނަތީޖާއަށް އިތުރު ބަދަލެއް އައުމަކީ ދުރުކަމެކެވެ.
ވަގުތީ ނަތީޖާ 4 ފޮށި (އޭދަފުށި 3 ފޮށި، މާލެ 1)
1. ތޮލާލް އަބްދުއްރަހްމާން 801 ޕީޕީއެމް
2. ނައުޝާދު އަހްމަދު 701 އެމްޑީޕީ
3. ޒައިދު އަލީ 660 އަމިއްލަ
4. ހައްވާ ސަމީހާ 624 ޕީޕީއެމް
5. ޝަމްލާ އަބްދުﷲ 593 ޕީޕީއެމް
6. މުހައްމަދު ރިޒާ 578 ޕީޕީއެމް
7. އިރުޝާދު އިބްރާހީމް 552 ޕީޕީއެމް
8. ޔާސިރު ހުސައިން 562 އެމްޑީޕީ
9. އަހްމަދު ނާސިރު 505 އެމްޑީޕީ
10. އަހްމަދު ރިޒާ 475 އެމްޑީޕީ
11. ހަމްދޫން މުހައްމަދު 466 އެމްޑީޕީ
12. މުހައްމަދު ނަސީރު 251 އަމިއްލަ