ޑެންގީހުމަށް ސަމާލުވުމަށް ބ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފި

12924442_608288149325164_3212473624742169101_n.jpg

ބ. އަތޮޅު ހޮސްޕީޓަލުން މަދިރިއަށް ފޮގްކުރުމަށް މިދިޔަ އަހަރު ހިންގި ޕްރޮޤްރާމްގެ ތެރެއިން. ޑނެްގީހުމަށް ސަމާލުވުމަށް އެހޮސްޕިޓަލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައި / ފޮޓޯ: އަތޮޅ:ު ހޮސްޕިޓަލް

ޑެންގީހުން ފެތުރުމުގެ ބިރުބޮޑުވެފައިވާތީ، އެކަމަށް ސަމާލުވުމަށް ބ. އަތޮޅު ހޮސްޕިޓަލުން އަތޮޅުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ނެރުނު ޢިއްލާނެއްގައި ބުނެފައިވަނީ ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުން ފެށޭ ދުވަސްވަރަކީ ޑެންގީހުމުގެ ކޭސްތައް ފެނުން އާންމު ދުވަސްވަރެއްކަމަށާ، އެކަމަށް ސަމާލުވެ ދުރާލާ ފިޔަވަޅު އެޅުއްވުމަށް އެދިލައްވާ ކަމަށެވެ. އެގޮތުން ގޭގޭގައި މަދިރިއާލާވާގޮތަށް ހުންނަ ފެންހަރުލާ ޒާތުގެ ތަކެތި ހުރިތޯ ގަވާއިދުން ބެލުމަށާ، އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމަށެއް ދެއްވުމަށް އެދިލައްވާކަމަށްވެސް އިޢްލާންގައިވެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުންބުނީ އަތޮޅުގެ ސިއްހީ ހާލަތު މިވަގުތު ފެންނަނީ ރަނގަޅަށް ކަމަށާ، ނަމަވެސް ދިމާވެދާނެ ނުރައްކަލަކަށް އަބަދުވެސް ސަމާލުކަން ދެއްވަން އާންމުންނަށް އިލްތިމާސް ކުރާކަމަށެވެ.

އެހޮސްޕިޓަލުން ބުނީ ޑެންގޫގެ ކޭސްތަކަށް ބ. އަތޮޅު ހޮސްޕިޓަލް އޮންނާނީ އަބަދުވެސް ތައްޔާރަށްކަމަށާ، ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައްވެސް އަބަދުވެސް ހުންނާނީ ތައްޔާރީ ޚާލަތުގައި ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top