މިނިވަން ޗެންޕިއަންޝިޕް ޒޯން 3ގެ ފުރަތަމަ މެޗް ޗެންޕިއަން އޭދަފުއްޓާ، ރ. އުނގޫފާރު ކުޅުނު މެޗް 1-1 ގެ ނަތީޖާއަކުން ހަމަހަމަ ވެގެން ނިމިއްޖެއެވެ. މިމުބާރާތުގައި ދެން ވާދަކުރަނީ ޅ. އޮޅުވެލިފުށީ ޓީމެވެ. އޮޅުވެލިފުށީގެ ފުރަތަމަ މެޗްގައި މާދަމާ ނޫން އަނެއްދުވަހު އުނގޫފާރާ ބައްދަލުކުރާނެއެވެ. މިޒޯންގެ ޗެންޕިއަން ޓީމަކަށް ހޮވޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެގިނަ ޕްއިންޓް ހޯދާ ޓީމެކެވެ.
ލައިވް އަޕްޑޭޓް:
5:45 1-1 އިން އެއްވަރުވެގެން އުނގޫފާރާއި އޭދަފުށި ބައްދަލު ކުރި މެޗް ނިމިއްޖެ
5:45 އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް. އުނގޫފާރު ޖާޒީ ނަންބަރު 12 އަށް ރީނދޫ ކާޑު ދައްކައިފި
5:30 އުނގޫފާރު ޓީމްގެ ކުޅުން ރަނގަޅުކަމަށް ފާހަގަ ކުރެވޭ.
5:18 އުނގޫފާރުން އުފެއްދި ކައުންޓަރއެޓެކް ހަމަލާއެއްގައި އެޓީމުގެ 16 ނަންބަރު ، އޭދަފުށި ކޮޅަށް ލަނޑުޖަހައިފި. މިހާރު ނަތީޖާއަކި 1-1
5:15 އުނގޫފާރު ތިންކުޅުންތެރިން ގާތުން ނައްޓުވާލުމަށްފަހު ގޯލަށް ފޮނުވަާލި ބާރު ހަމަލާ ގޯލްދަނޑީގެ އަރިމަތިން ބޭރަށް
5:00 ދެވަނަ ހަާފްގެ ކުޅުން ފަށައިފި. ދެޓީމްވެސް ކުޅެމުން ދަނީ ހަމަހަމަ ކުޅުމެއް
4:45 ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. ނަތީޖާ އޭދަފުށި 1 އުނގޫފާރު 0
4:40 އޭދަފުށީ ޓީމްގެ ފޯވާޑް އަލީ ޒުބައިރަށް ލިބުނު ހުސްފުރުސަތެއް ބޭނުންނުހިފި ބޭކާރުވެއްޖެ. އޭނާ ގޯލަށް ފޮނުވާލި ބޯޅައިގައި ބާރެއްނެތް. އޭދަފުށީ ޓީމުން މިވަގުތު ކުޅުން ރަނގަޅުކޮށް ޓީމް ކުރިޔަށް ޖެހިގެން ކުޅެމުންދަނީ
4:25 ވޯޓާ ބްރޭކަށް މެޗް މެދުކަނޑާލައިފި. ބ. އަތޮޅަށް ވިއްސާރަކުރިނަމަވެސް އޮޅުވެލިފުއްޓަށް އަވިދޭ. ހޫނުގަދަ.
4:15 ދެޓީމްގެ ކުޅުންވެސް ފެންނަނީ ހަމަހަމަކޮށް. މިދިޔަ 10 މިނިޓްތެރޭ އުނގޫފާރުން ދެހަމަލާއެއް ގޯލަށް އަމާޒުކޮށް ފޮނުވާލި. އޭދަފުށިންވެސް ހަމަލާ އުފެއްދުމަށް މަސައްކަތް ކުރި. ދިމާވާ ބޮޑު މައްސަލައަކީ ދަނޑުގެ ފަސްމަޑުވުންް
4:10 އުނގޫފާރުން ގާތްގަޑަކަށް 200 އެއްހާ ސަޕޯޓަރުން ޓީމަށް ސަޕޯޓްކުރުމަށް އޮޅުވެލިފުއްޓަށް ދިޔަ. އޭދަފުށިން ދިޔައީ 30 ހަކަށް ސަޕޯޓަރުން. އުނގޫފާރު ސަޕޯޓަރުންގެ އަޑު ގަދަ
4:01 އޭދަފުށީ ޓީމްގެ ފޯވާޑް އަލީ ޒުބައިރު ޖެހި ޕެނަލްޓީ ކާމިޔާބުކޮށް އޭދަފުށި ލީޑު ނަގައިފި
4:00 މެޗް ފެށިގެން މާގިނަވަގުތެއް ނުވެ އުނގޫފާރު ޓީމުން ޕެނަލްޓީ އޭރިޔާ ތެރެއިން އޭދަފުށީ ޓީމްގެ ސިފައްޓެއަށް ކުރި ފައުލަކަށް ޕެނަލްޓީއެއް ލިބިއްޖެ.
3:55 މިނިވަން ޗެންޕިއަންޝިޕް ޒޯން ބުރުގައި އޭދަފުއްޓާއި، އުނގޫފާރު ކުޅޭ މެޗް ފެށިއްޖެއެވެ. މެޗް ކުޅެމުންދަނީ ޅ އަތޮޅު އޮޅުވެލިފުށީ ފުޓްބޯޅަ ދަނޑުގައެވެ.

މިނިވަން ޗެންޕިއަންޝިޕްގައި މިއަދު އޭދަފުއްޓާ، އުނގޫފާރު ބައްދަލުކުރި މެޗްގެ ތެރއިން / އީވީ ފޮޓޯ: ތޮލާލް އަބްދުއްރަހްމާން