ކަމަކަށްނުވާ….ބޮޑަތިކަންތައް

fen.jpg

އަހަރެމެންގެ ތެރޭގައި ކަމަކަށްނުވާނީ ކުދިކުދި ކަންކަމެވެ. އެފަދަ ކަންކަމީ އެއްވެސް ކަމެއް ނޫނެވެ. އެކަމަކު ގިނަފަހަރަށް އެފަދަ ކަމަކަށްނުވާ ކަންކަން އޮންނަނީ ކުރަންވީގޮތް ނޭނގިފައެވެ. ކުރަމުން ގެނެވިފައި އޮންނަނީ ނުބައިކޮންނެވެ. އެހެންވާން ދިމާވާ ސަބަބަކީ ކަމުގެ ގޮތުން މީހަކު ގާތު އަހާލަންވެސް ނުކެރި އެނގުނު ގޮތަކަށް، ނުވަތަ ހީވާ ގޮތަކަށް އެކަމެއް ކުރަމުން ގެނެވެނީއެވެ. މިފަދަ ކަންކަމަށް ބަލައިލާ މިލިޔުމުގައި މިފަހަރު ފެންވަރަމާ ހިނގާށެވެ.

ފެންވެރުން އެއީ އެއްމެންމެކުރާ ކަމެކެވެ. ކުރަންޖެހޭ ކަމެކެވެ. އެކަމުގެ ސަބަބުން އެތަކެއް ފައިދާ އާއި ރަނގަޅުތައް ވަމުންއަންނަ ކަމެކެވެ. ވުމާއި އެކު ދުނިޔޭގެ އުސޫލުން ވިސްނާއިރު އެކަމަކީ އެކަން ނުބައި ކޮށް ކުރާނަމަ ގެއްލުންތަކަކާއި ނުބައިތައް ވާނެ ކަމެކެވެ.

ވަޅުދޮށަށް ނުވަތަ ފާޚާނާއަށް ގޮސްފައި ފުރަތަމަ ދެފައިތިލަ ދަށްފުށާއިއެކު ދޮވެލާށެވެ. ބޭނުމަކީ އެއީ އެއްމެބޮޑަށް ތަނެއްގައި ނުވަތަ ތަންތާނގައި އުނގުޅި، ހޭކި، ކޭއްތި ހަޑިވެފައިވާނެތަން ކަމުގައި ވުމެވެ. އެއާއި އެކު ފެންވަރަން ފެށުމުގެ ގޮތުން ފުރަތަމަ ދެއަތްތިލަވެސް ދޮވެލާފައި މުޅިގަޔަށް ފެން އަޅާލާށެވެ. ތެންމާލާށެވެ. ދެން ސައިބޯނި، ނުވަތަ ބޭނުންކުރާ ދިޔާވައްތަރެއް ލައިގެން މުޅިހަށިގަނޑުގައި އަތްތިލަ އުނގުޅާލާށެވެ. ދެން ވީ ފުރަތަމަ ދަތިދޭތެރެތަޢް ސާފުކުރާށެވެ. ދެކިހިލިފަތް، ދެއުކުޅުވަޅު، ދެފިނދުކިބަދޭތެރެ އަށް ސަމާލުކަން ދީ އެތަންތަން ފިސާރި ރަނގަޅަށް އުގުޅާލާށެވެ. ބުރިކަށީގައި އަމިއްލަ އަތްނުޖެއްސޭ ހިސާބުހުންނަނަމަ އެހިސާބު ސާފުކުރުމުގައި ފޮށާ، ތުވާލި ނުވަތަ މިޒަމާނުގައި އެކަމަށްހުންނަ ތައްޔާރީ އެއްޗަކުން ބޭނުންކޮށްގެންނެވެ. މި ހިސާބަށްއައުދެވުމުން ދެން ދެވަނަފަހަރަށް ފެން އަޅާލާށެވެ. މިފަހަރު ފެންއަޅަންވީ ތެންމާލާކަށް ނޫނެވެ. ގައި ގައިހުރި އެއްޗެހިތައް ފިލުވާލާށެވެ. އަތް ނުވަތަ އެހެންވެސް އެއްޗެއް ބޭނުންކޮށްގެން ގައިގެ ހަމަށްލިބިފައިވާ ލޮނދިކަން ރަނގަޅަށް ކެޑެންދެން ހުރިހާތަނެއް އުނގުޅައި ފެން އަޅާށެވެ. ފޮތިގަނޑެއް ކަހަލަ އެއްޗެއް ބޭނުން ކުރާނަމަ ހުސްއަތުން ކުރެވޭމަސައްކަތަށްވުރެ ނަތީޖާ އަވަސްވެފައި ގައިގެ ހަމުގައިހުންނަ ކުނިމިލަތައް ފިލުން ވެސް އަވަސް ވެއެވެ. ދެވަނަފަހަރު ފެންއަޅާ ނިމުމަކީ ކުރިންވެސް ބުނިހެން ލޮނދިކަންފިލުމެވެ. ދެން އެވީ މުޅިގައިގައި އަތްއުނގުޅާލާށެވެ. މިފަހަރުގެ ދެބޭނުމެއް އޮވެއެވެ. އެއްބޭނުމަކީ ހަންގަނޑަށް މަސާޖެއްދިނުމެވެ. ދެވަނަ ބޭނުމަކީ ބޭނުންކުރު ސައިބޯނީގެ އަސަރު، ވަސްފިޔަވައި މުޅިން ފިލުވައިލުމެވެ. މިގޮތަށް އަތްއުނގުޅާ ނިމުމުން ދެން އެވީ ފަހުފެން އަޅާށެވެ. މިފަހަރު މާގިނަފެނެއްގެ ބޭނުމެއް ނޯންނާނެއެވެ.

ފުރަތަމަ ތެންމާލުމެވެ. ދެން ސައިބޯނިފަދައެއްޗެއް ލުމެވެ. (އެފަދަ އެއްޗެއްނުލައި ފެންވަރާނަމަ ފިސާރިރަނގަޅަށް ގައިއުނގުޅާށެވެ. ފޮތިގަނޑެއްފަދަ އެއްޗަކުންނަމަ ބޮޑަށްރަނގަޅު ވާނެއެވެ.) ގައިއުނގުޅުމަށް ފަހު  ދެން ދެވަނަ ފެންއަޅާލުމެވެ. މިފަހަރު ސައިބޯންޏާއި އެކު ގައިގައިހުރި ހުރިހާ މިލަތައް ފިލުވާލެވޭނެއެވެ. ދެން މަސާޖު އުނގުޅުމެވެ. އެއަށްފަހު ފަހުފެނެވެ.   މިއުސޫލުން ވިސްނާއިރު ބައެއްމީހުން ފާޚާނާއަށް ވަދެ އެތަކެއް މިނެޓުވަންދެން އެއަޅާ ފެނަކީ ބޭކާރު އެއްޗެކެވެ.  ހެޔޮވަރުގެ އަހަރެމެންގެ މީހަކަށް ބޭނުންވާނީ  ގިނަވެގެން ތިންހަތަރު ލީޓަރު ފެނެވެ. އިތުރަށް އެކުރެވެނީ ބޭކާރެވެ. މިކަމުގައި އަހަރެމެންނަށް އެއްމެ ރަނގަޅީ ފެންވެރުމުގެ ކަންތައްނިމޭ އިރު ނަމާދަށް ތައްޔާރު ވެވިފައި ތިބުމެވެ.

ފެންވެރުމުގައި ވަޅުދޮށުގައިނަމަ ހޭދަވާނީ ގާތްގަނޑަކަށް ( ދަތްއުނގުޅުމާއި އެފަދަ އެހެން ކަންކަން ނުލައި) އެއްމެ ހައެއްކަ މިނެޓެވެ. ފާޚާނާއެއްގައިނަމަ ގިނަވެގެން އަށެއްކަމިނެޓެވެ. ކުރިންވެސް ބުނެލެވުނު ފަދައިން މިކަހަލަ ވާހަކަތަކަކީ އެކަކު އަނެކަކާއިވެސް އަހަރެމެންގެ ތެރޭގައި ނުދައްކާ ތިބޭ ވާހަކަ އެވެ. ލަދު ކަމަކަށްވެގެންނެވެ. އެނގެންޖެހޭނެތީ އަހާލަން ވެސް ނުކެރެނީ އެވެ. އެކަމަކު އެނގޭނީ އޮޅުންފިލުވައިގެންނެވެ. އުނގެނިގެންނެވެ. އުނގެނޭކަށް އުމުރެއް ޖިންސެއް ތަނެއް އަދި ވަކި ކަމެއް ވެސް ނެތެވެ. ހަމަ އުނގެނެން ވީއެވެ. ދަނެގަންނަން ވީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top