މިއަހަރު ފެނަށްޖެހުމުގެ ފުރުސަތު ކުޑަކަމަށް ކިހާދޫން ބުނެފި

P1010514.jpg

ކިހާދޫ ބަޔަކު އެރަށު ބަނދަރުމަތީގައި. މިއަހަރު ބޯފެނަށްޖެހުމުގެ ފުރުސަތު ކިހަދޫގައި ކުޑަކަމަށް އެރަށު ކައުންސިލުން ބުނޭ.

މިއަހަރުގެ ހޫނުމޫސުމުގައި ކިހާދޫގައި ބޯފެނަށް ޖެހުމުގެ ފުރުސަތު ކުޑަކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކިހާދޫ ކައުންސިލުން ބުނީ މިއަހަރު އެރަށަށް ބޭނުންވާވަރަށް ތާންގީތަކުގައި ފެންރައްކާކުރެވިފައިވާކަމަށާ، އެކަށީގެންވާ ސްޓޮކެއް މިވަގުތު އެރަށުގައި އެބަހުރިކަމަށެވެ. ކިހާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް އީވީއަށް ވިދާޅުވީ މިދިޔަ 10 ވަރަކަށް އަހަރުގެތެރޭގައި އެރަށް ކޮންމެ އަހަރަކުވެސް ބޯފެނަށް ޖެހިގެން ސަރުކާރުގައި ދަންނަވާފައިވާކަމަށާ، މިއަހަރު އެކަން ބަދަލުވީ، ސަރުކާރުން އެރަށުގައި ފެނުގެ ސްޓޯރޭޖެއް ގާއިމް ކޮށްފައިވާތީކަމަށެވެ.

“އެންމެ އަހަރެއްވެސް އަޅުގަނޑުމެން ފެނަށް އެދެންނުޖެހި ނުދޭ އިނގޭތޯ. އެހެންނަމަވެސް މިއަހަރު އެކަން ހުއްޓޭނެ. ސަރުކާރުން މިދިޔަ އަހަރު ބަހައްޓަވާފައި އެބަހުރި 10 ތާނގީ އިތުރު. އޭގެ ފެން އަދި ބޭނުންކުރަން ނުފަށާއެހުރީ” ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ފެނުގެ މައްސަލަ ބޮޑުވާތީ، ރައްޔިތުންވެސް އެކަމަށް އެކަށިގެންވާ ފިޔަވަޅުތައް އަޅަމުންދާކަމަށާ، ފެނަށް ނުޖެހި ސަލާމަތްވުމަށް އެއީވެސް ލިބޭ ބާރެއްކަމުގައެވެ.

ފެނަށްޖެހުމުގެ ސަބަބުން ބ. އަތޮޅު ކެންދޫއަށް 22000 ލިޓަރުގެ ފެން ބޭނުންވާކަމަށް އެރަށު ކައުންސިލުން މިދިޔަ މަހު ވަނީ ބުނެފައެވެ. މިދިޔަ އަހަރުތަކުގައި ފެނަށް ޖެހިގެން ބ. އަތޮޅުގެ ބައެއް ރަށްރަށަށް ސަރުކާރުން ޕްލާންޓް ފެން ފޯރުކޮށްދީފައިވެސް ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top