
ރަންބީރާއި ކެޓްރީނާ. މިދެމީހުންގެ ގުޅުމާބެހޭގޮތުން ތަފާތު އަޑުތައް މީޑިއާގައި މިދުވަސްވަރުދަނީ ފެތުރެމުން / ފޮޓޯ: އިންޓަނެޓް
ކެޓްރީނާ ކައިފް އާއި ރަންބީރުކަޕޫރުގެ ކައިވެނި 2015 ވަނަ އަހަރު ގައި ކުރާ ވާހަކަ މީޑިއާ ތަކުގެ ފަލަ ސުރުޚީ ތަކުގައި އުޅޭތާ ދުވަސް ކޮޅެއް ވެއްޖެއެވެ. އެހެން ނަމަވެސް މިއީ ކިހާ ތެދު ޚަބަރެއް ކަމެއް އެއްވެސް ނޫހަކުން ޔަގީން ކޮށްދެވިފައެއް ނުވެއެވެ. ސަބަބަކީ ކެޓްރީނާ އަކި އެއް އިރެއްގައިވެސް އަމިއްލަ ދިރިއުޅުމާބެހެ އެއްވެސް ވާހަކަ އެއް މީޑިއާ ގައި ދައްކާ މީހަކަށް ނުވާތީއެވެ. އެފަދަ ސުވާލެއް ކުރިމަތި ވިޔަސް ސީދާ ޖަވާބުވެސް ދޭ މީހެއް ނޫނެވެ.
ވަރަށް ފަހުން ކެޓްރީނާ ބައިވެރިވި އިވެންޓެއް ކަވަރުކުރަން ގޮސް ހުރި ނޫސް ވެރިއަކު މި ސުވާލު އޭނާ އާއި ކުރުމުން ޖަވާބު ދިނެވެ.
“ތިޔަ ކަހަލަ ވާހަކަ ތަކެއް ބައެއް ނޫސްތަކުން އަހަރެންވެސް ދުށިން. ވަރަށް ގިނައިން އެ ވާހަކަ ދައްކާ އަޑުވެސް އިވޭ. އެކަމަކު އެއީ ތެދެއް ނޫން. އަހަރެން ގޮތެއް ނިންމައިފި ނަމަ އެކަން މީޑިއާ އަށް ވެސް ހާމަ ކުރާނަން.”
ކެޓްރީނާ ވަނީ ރަންބީރުގެ ކުރިން މަޝްހޫރު އެކްޓަރ ސަލްމާން ޚާން އާއި ވެސް ރައްޓެހި ވެގެން ދުވަސްތަކެއް ވަންދެން އެކުގައި އުޅެފައެވެ. އޭރުވެސް އޭނާގެ އަމިއްލަ ދިރިއުޅުމާބެހޭ އެއްވެސް ވާހަކައެއް މީޑިއާ އަކު ނުދައްކައެވެ.
“އަދިވެސް އަހަރެން މިހިރީ ހަމަމިގޮތުގައި.އަހަރެން ބޭނުމެއް ނޫން އެއްގޮތަކަށްވެސް އަމިއްލަ ދިރިއުޅުމުގެ ވާހަކަ ދައްކާކަށް.”
މި ދުވަސް ކޮޅު ކެޓްރީނާ އާއި ރަންބީރު އުޅެނީ ފިލްމް “ޖައްގާ ޖާސޫސް” ނިންމުމުގެ މަސައްކަތުގައި ވަރަށް ބިޒީކޮށެވެ.
“އަހަރެމެން ދެމީހުން އެކުގައި ކުޅެފައިވާ “އަޖަބް ޕްރޭމީ ޣަޒަބް ކަހާނީ” އާއި “ރާޖްނީތި” އަކީވެސް ހަމަ އެކަނި ވަރަށް ކާމިޔާބު ދެ ފިލްމް ކަމަށް ބުނެނިންމައެއް ނުލެވޭނެ. އޭގެ އިތުރުން އަހަރެން ބުނާނީ މިއީ އަހަރެމެން ދެމީހުންގެވެސް ވަރަށް ޚާއްސަ އަދި ވަރަށް މަޖަލާ އެކު ނިންމާލެވުނު ދެ ފިލްމު ކަމަށް. ޖައްގާ ޖާސޫސް އަހަންނަށް އެންމެ ޚާއްސަ ވެފައި ކުރެވޭ އުފާވެރި އިހްސާސަކީ އަނޫރާގް ބާސޫ ކަހަލަ މޮޅު މީހަކާ އެކު މަސައްކަތް ކުރުން.”ކެޓްރީނާ ބުންޏެވެ.