މިއީ ބ. އަތޮޅުގެ އާންމު ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ހާއްސަ ކޮށްލަނީ ބ. އަތޮޅު ތައުލީމީ މަރުކަޒަށެވެ
ސުވާލު:
ތިޔަ ސްކޫލްގެ ބެލުމުގެ ދަށުގައިވާ ދަންދިއްފަރު އިމާރާތުގައި ބައެއް އާންމުން ގަވާއިދާއި ހިލާފަށް އެއްވެސް އަގަކާ ނުލާ ތިއްބަވާކަމުގެ މައުލުމާތު ލިބިފައިވެއެވެ. މިކަން ހިނގާގޮތެއް ސާފުކޮށްދެއްވުން އެދެމެވެ.
ޖަވާބު:
“ދަންދިއްފަރުގައި މީހުން ބޭތިއްބުމަށް ކަނޑައެޅިފައިވާ އުސޫލެއް އޮވެއެވެ. މިއުސޫލުގައިވާގޮތުން އެތަނުގައި އެއިރަކު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުންނަވާ ޕްރިންސިޕަލް ބޭނުންފުޅުނަމަ ޕްރިންސިޕަލް އާއި އާއިލާ ދިރިއުޅުއްވުމަށް ދޫކުރެވިދާނެއެވެ. އަދި ޕްރިންސިޕަލްކަން ނުވަތަ ހެޑްމާސްޓަރުކަން ކުރިން ކުރައްވާފައިވާ ބޭފުޅުންނާއި، އެބޭފުޅުންގެ އާއިލާ އޭދަފުއްޓަށް ވަޑައިގެން އެތަނުގައި ހުންނަވަން ބޭނުންފުޅުވާނަމަ އެތަނުގައި އެއްވެސް އަގަކާނުލައި ހުންނެވިދާނެއެވެ.”
ނޯޓް: ޖަވާބު ހިމަނާފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުން ލިއުމުން ފޮނުވާފައިވާ އިބާރާތް އޮތް ގޮތަށެވެ.
ސުވާލުތައް މެއިލް ކުރައްވާނީ: [email protected] އަށެވެ.