ކެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ނިމެނީ

14845606400379.jpg

ކެންދޫ ބަނދަރު : ފޮޓޯ : ޕީއެސްއެމް

ބ.ކެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ނިމުމަކާ ހަމައަށް އާދެވިއްޖެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީން ވިދާޅުވީ ކެންދޫ ބަނދަރު ހެދުމުގެ ހުރިހާ މަސައްކަތެއް އަންނަ މަހު ނިންމާލެވޭނެ ކަމަށާއި މިހާރު ކުރެވެމުންދަނީ ފަހުގެ މަސައްކަތްތައް ކަމުގައެވެ.

މި ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނި އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމުގައިވާ ކެޕިޓަލް އިންވެސްޓްމެންޓާއެވެ.

ކެންދޫގައި ކުރިން ބޭނުންކުރަމުންދިޔަ ބަނދަރު ސުނާމީ ކާރިސާގައި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ކެންދޫ ކައުންސިލުން ވިދާޅުވެއެވެ.

ކައުންސިލުން ވިދާލުވީ ސަރުކާރުން ކުރިއަށްގެންދަވާ މިމަޝްރޫޢުގެ ދަށުން އެރަށުގައި 580 ފޫޓުގެ ބޮޑު ބަނދަރެއް ހައްދަވާއިރު މިބަނދަރުގައި 145 މީޓަރުގެ ބޮޑުހިލައިގެ ކަނޑުތޮށްޓެއްލުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ބޭނުންކުރާ ބަނދަރާއި، ނެރުން ތިލަވެފައިވާ ސަރަޙައްދު ފުން ކުރެއްވުމަށް ނިންމަވާފައިވެއެވެ.

ބަނދަރުގެ އެއްގަމުތޮށްޓާއި އިންވެގެން ޕޭމަންޓެއް ހެއްދެވުމުގެ އިތުރުން ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް މިމަޝްރޫޢުގެ ދަށުން ކުރިއަށްދާނެ ކަމަށާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ހިންގަވާ މިމަޝްރޫޢަށް 29.2 މިލިއަން ރުފިޔާ ޚަރަދުވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top