ނަރުދަމާގެ އުފާވެރި ހަބަރާއެކު މާޅޮހު ކައުންސިލުން ރައީސް ޔާމީނަށް ޝުކުރު

baa-maalhos.jpg

ބ. މާޅޮހު ރައްޔިތުން ގިނަދުވަސްތަކެއްވަންދެން އިންތިޒާރުކުރަމުން އައި އެރަށު ނަރުދަމާގެ ނިޒާމްގެ ސާރވޭކޮށް، ޑިޒައިން ކުރުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިޢްލާން ކުރުމާއެކު މާޅޮހު ކައުންސިލުން ރައީސް އަބްދުﷲ ޔާމީން އަށް ޝުކުރު ދަންނަވައިފިއެވެ.

ޕީއެސް އައި ޕީ ގެ ތެރެއިން ބ. މާޅޮހުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމްގެ ސާރވޭކޮށް، ޑިޒައިން ކުރުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އެންވަޔަރުމެންޓް މިނިސްޓްރީން އިޢްލާން ކުރީ މިދިޔަ ހޯމަދުވަހުއެވެ. އެމިނިސްޓްރީން ކޮންފައިވާ އިޢްލާންގައި ބުނެފައިވާ ގޮތުން 2017 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ބ. މާޅޮހުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ފައިސާވަނީ ހަމަޖެހިފައެވެ.

މިއިޢްލާންއާއި ގުޅިގެން މާޅޮހު ކައުންސިލް އިދާރާއިން ވަނީ ރައީސް ޔާމީންއަށް ޝުުކުރު ދަންނަވާފައެވެ. އެއިދާރާގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންއަށް މާޅޮހު ރައްޔިތުންގެ އާދޭސް އިވިވަޑައިގަތްކަމީ އެރަށުގެ ރައްޔިތުން ވަރަށް އުފާކުރާ ކަމެއްކަމުގައެވެ.

“އަޅުގަނޑު ވަރަށް ހާއްސަ ޝުކުރެއް މިއަދު ރައީސް ޔާމީންއަށް ދަންނަވަން ބޭނުން. އަޅުގަނޑު އަމިއްލަ ނަމުގައި، އަދި ރައްޔިތުންގެ ނަމުގައި. މިއަދަކީ މާޅޮހު ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް. އަޅުގަނޑު ރައީސް ޔާމީންއަށް ޝުކުރުގެ ސިޓީއެއްވެސް ފޮނުވާނަން” ސައީދު ވިދާޅުވިއެވެ.

ބ. މާޅޮހުގެ ނަރުދަމާގެ މަސައްކަތް ސާވޭކޮށް ޑިޒައިން ކުރުމުގެ މަސައްކަތް އިޢްލާން ކުރެވިގެން މިދިޔައީ، މިޕްރޮޖެކްޓް ބަޖެޓްގެ ބޭރުން ކުރިޔަށް ގެންދެވުމަށް ރައީސް ޔާމީންއާއި މަޝްވަރާ ކުރައްވަމުންދާކަމަށް އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް މިދިޔަ މަހު ވިދާޅުވެފައިވެސް ވަނިކޮށެވެ.

ޢިޢްލާންގައިވާ ގޮތުން މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖެނުއަރީ 23 ވަނަ ދުވަހު ބީލަން ހުށައަޅަންޖެހެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top