ހޮޅިލައިން މާދަމާ އޭދަފުއްޓަށް ގެންނައިރު، ބުރާސްފަތިދުވަހު ކޮންނަބޯޓް

ބޮސްކާލިސްގެ ކޮންނަބޯޓަކުން ރާއްޖޭގެ ރަށެއްގެ ބިންހިއްކުމަށް ހޮޅިލައިން އަޅާފައި. އޭދަފުށި ހިއްކުމަށް ބޭނުންކުރާ ހޮޅިލައިން މާދަމާ އޭދަފުއްޓަށް ގެންނާނެކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: އިންޓަނެޓް

ބޮސްކާލިސްގެ ކޮންނަބޯޓަކުން ރާއްޖޭގެ ރަށެއްގެ ބިންހިއްކުމަށް ހޮޅިލައިން އަޅާފައި. އޭދަފުށި ހިއްކުމަށް ބޭނުންކުރާ ހޮޅިލައިން މާދަމާ އޭދަފުއްޓަށް ގެންނާނެކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: އިންޓަނެޓް

ބިން ހިއްކުމަށް ކޮންނަބޯޓް މެދުވެރިކޮށް ވެލިފޮނުވާ ހޮޅިލައިން، މާދަމާ އޭދަފުއްޓަށް ގެންނާނެކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލް އިދާރާއިން މިއަދު ބުނީ ހޮޅިލައިން ހިފައިގެން އަންނަބޯޓް މާދަމާ މެންދުރު ކުރީގެ ވަގުތެއްގައި އޭދަފުއްޓަށް ވަންނާނެކަމަށް ބޮސްކާލިސް އިންޓަނޭޝަނަލްގެ އިންޖިނިއަރުން ޔަގީންކުރައްވާކަމަށެވެ. ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ ހޮޅިލައިން މާދަމާ ގެންނައިރު ކޮންނަބޯޓް މީދޫ ނިންމުމަށްފަހު ބުރާސްފަތިދުވަހު އޭދަފުއްޓަށް އަންނާނެކަންވެސް މިހާރު ގާތްގަނޑަކަށް ޔަގީންވެފައިވާކަމަށެވެ.

“އިންޖިނިއަރުން ކުރަންޖެހޭ މަސައްކަތްތައް މިހާރުމިހިރީ ގާތްގަޑަކަށް ނިމިފައި، ދެން މާދަމާ ހޮޅިލައިން އަންނާނެ. މީދޫ ނިންމާފައި 3ގަ (3 މާރޗް) ބޯޓް އޭދަފުއްޓަށް ވަންނާނެ. ވަރަށްބޮޑަށް ޔަގީންކުރެވޭ. މިކަން ވަރަށްގާތުން ބަލަމުންމިދަނީ” އަލީ ވަހީދު ވިދާޅުވިއެވެ.

އޭދަފުށީ ކައުންސިލުން ކުރިން ބުނެފައިވަނީ މިހަފްތާގެ ބަންދަށް ކޮންނަބޯޓް އޭދަފުއްޓަށް އަންނާނެކަމަށެވެ. އެހެންނަމަވެސް އެހެން އެކަންނުވީ މީދޫ ހިއްކުމުގައި ދިމާވި ޓެކްނިކަލް ކަމަކުންކަމަށް ކައުންސިލުން ބުނެއެވެ.

ރާއްޖޭގެ 4 ރަށެއްގެ ބިންހިއްކުން ހަވާލުވެފައިވާ ބޮސްކާލިސް އިންޓަނޭޝަނަލްގެ ފަރާތުން އޭދަފުށިން ހިއްކާ ބިމުގެ ވަށައިގެންޖަހާ ބޮޑުހިލަ ބާޖެއް މިދިޔަ ހަފްތާ އޭދަފުއްޓަށް ވަނީ އައިސްފައެވެ. އަދި ހިލަ ބޭލުމަށްޓަކައި ތައްޔާރުވަމުންދާކަންވެސް އީވީއަށް ވަނީ އެނގިފައެވެ.

ބޮސްކާލިސް އިންޓަނޭޝަނަލް އާ ހަވާލުކޮށްގެން އޭދަފުށީގެ 25.9 ހެކްޓަރު ބިން ހިއްކުމަށް ސަރުކާރުން ހަމަޖައްސާފައިވާއިރު މިކަމަށް 125 މިލިޔަން ރުފިޔާ ހޭދަވާނެކަމަށްވެއެވެ. އޭދަފުށީގެ މިހާރުގެ ބިމުގެ ސައިޒަކީ ގާތްގަނޑަކަށް 31 ހެކްޓަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top