މިސްކިތްމަގު ބަންދުކޮށް އޭދަފުށީ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫއު ފަށައިފި

FOOT-BALL.jpg

ބ. އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގެ އިރުމަތިން މަސްޖިދު ސުލްތާން މުހައްމަދު މުއީނުންދީން މިސްކިތާ ދެމެދު އޮތް މަގު ބަނދުކޮށް އެމަގު ފުޓްބޯޅަ ދަނޑަށް އިތުރުކޮށް ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމުގެ މަޝްރޫއު ފަށައިފިއެވެ.

މިއަދު ފެށި މިމަޝްރޫގެ ދަށުން ފުޓްބޯޅަ ދަނޑު ވަށައި ފެންސް ޖަހާގޮތަށް ހަމަޖެހިފައިވާކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. އެކައުންސިލްގެ މެމްބަރ މުހައްމަދު ރިޒާ ވިދާޅުވީ ފެންސް ޖަހާ ނިމޭއިރު ދަނޑުގެ އިރުމަތީ ފާރު އެއްކޮށް ތަޅާލައި މަގުގެ ފުޅާމިނަށް ދަނޑަށް ބޮޑުކުރުމަށް ހަމަޖެހިފައިވާ ކަމަށާ، މިނިސްޓްރީންވެސް މިކަމަށް އާބަސް ބުނެފައިވާކަމަށެވެ.

“ފެންސް މަޝްރޫއާ އެކު އަޅުގަނޑުމެން މިނިސްޓްރީއަށް ހުށައެޅީ މިގޮތަށް ބަދަލެއް ގެންނަށް. ދެން މިނިސްޓްރީން އެޕްރޫވް ކުރީމަ މިހާރު ކުރިޔަށް މިދަނީ އެގޮތަށް”

ރިޒާ ވިދާޅުވީ މަގު، ދަނޑަށް އިތުރު ކުރަންޖެހުނީ ދަނޑު ތަރައްޤީކުރާއިިރު ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ކަމަށެވެ.

“އެމްޕީ (އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް) ވަނީ މިދަނޑުގައި ޓާފް އަޅުއްވަން ގަސްދުކުރައްވައި ޓާފް ދެއްވަން ނިންމަވާފައި. ޓާފް އެޅެން އަންނަނީ ދަނޑު ބޮޑުކޮށްގެންކަމަށް މިވަނީ. އެހެންވީމާ، އެކަމާ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައިގެން ފެންސްޖެހުން ކުރިޔަށް މިރޭވީ”

ރިޒާ ވިދާޅުވީ މިމަޝްރޫއުގެ ތެރެއިން ކުރިން ރެސްޓްރަމެއްގެ ގޮތުގައި ދަނޑުގެ ހުޅަނގު ފަޅިން ބޭނުންކުރި ސަރަހައްދު ފާރު އުސްކޮށް، ބޯޅަގެއާ ދިމާއިން އިތުރު ދޮރާއްޓެއް ކަނޑަން ނިންމާފައިވާކަމަށެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މިމަޝްރޫއު ނިމޭއިރު ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ފެންސްޖަހުމުގެ އިތުރުން ދަނޑުގެ ދެކުނުން އޮތް ބިމުގައި ބަށި، ނެޓްބޯލް ފަދަތަކެތި ކުޅުމަށް ހާއްސަ 3 ކޯޓް ގާއިމްކުރާނެކަމަށްވެސް ރިޒާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މުޅި މަޝްރޫއަށް ސަރުކާރުން އެއްމިލިޔަށް ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހޭދަކުރާނެކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top