މިލައިދޫ ރިސޯޓު ހުޅުވައިފި

Milaidhoo-Maldives-Water-Pool-Villa-5.jpg

ޔުނިވަރސަަލްގްރޫޕްގެ ފަރާތުން ތަރައްގީކޮށްފައިވާ ބ.މިލައިދޫ ރިސޯޓު ހުޅުވައިފިއެވެ.

ލޯބިވެރިންނަށް ޚާއްސަކޮށްގެން ދިވެހިވަންތަކަން ދައްކުވައިދޭ ގޮތަަށް ފަރުމާކޮށްފައިވާ  މިލައިދޫ ރިސޯޓު ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 29ވަނަ ދުވަހުއެވެ.

ރާއްޖޭގެ އެންމެ މަގްބޫލު ޑައިވިންގ މަންޒިލްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައިވާ ހަނިފަރު ކައިރީގައި އޮންނަ މި ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހަނިފަރު ބަލާލަން ދެވޭނެކަމުގައި ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ވެއެވެ. ހަނިފަރުބޭ އަކީ “މަންތާ”އާއި “ވޭލްޝާކް” ވިހާ އަދި އާލާވާ މަދު ތަންތަނުގެ ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދެކެވެ. މިސަރައްއްދުވަނީ ހިމާޔަތް ކުރެވިފައެވެ.

20 ބީޗް ވިލާއާއި 30 ވޯޓާވިލާ ހިމެނޭގޮތަށް ތަރައްގީކޮށްފައިވާ މިރިސޯޓުގެ ކޮންމެ ވިލާއެއްގައި ސްވިމިންގޕޫލެއް އޮވެއެވެ.

މިލައިދޫގައި ތިން ރެސްޓޯރަންޓް ހުންނަ އިރު،  އެންމެ ޚާއްސަ ރެސްޓޯރަންޓަކީ ބައްތެލި ލޯންޖް އެންޑް ރެސްޓޯރަންޓެވެ. މި ރެސްޓޯރަންޓު ފަރުމާކޮށްފައިވަނީ، ރިޔާ ނެގި ތިން ބައްތެލީގެ ގޮތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top