ހިތާދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް އެމްޕީ ސަލީމް 50000 ރުފިޔާ ދެއްވައިފި

saleem.jpg

މިއަތޮޅު ހިތާދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް )ރެޑްވޭވް ސަލީމް( 50000 ރުފިޔާގެ އެހީއެއް ދެއްވައިފިއެވެ.

ސަލީމްގެފާރާތުން މިއެހީ ހަވާލުކޮށްފައިވަނީ އެރަށު އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ “ހިދާ” ޖަމްއިއްޔާއާއެވެ.

އީވީއާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މިއީ ދާއިރާގެ ރަށްރަށުގެ ޖަމްއިއްޔާތައް ރަށްރަށުގައި ހިންގާ އިޖްތިމާއީ ކަންކަމަށް ބާރުއެޅުމުގެ ގޮތުން ހިދާ ޖަމްއިއްޔާއާ ހަވާލުކުރެވުނު އެހީއެއްކަމުގައެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް މިފަދަ އެހީތައް ދާއިރާގެ ރަށްރަށަށް ދެއްވާނެކަމަށް ސަލީމް ވިދާޅުވިއެވެ.

“ބޭނުމަކީ ޖަމްއިއްޔާތަކުން ރަށްރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ހިތްވަރުދީ އެމީހުން ބާރުވެރިބަޔަކަށް ހެދުން. ހިތާދޫއެއްނޫން ހަމައެކަނި. މާޅޮހަށްވެސް އޭދަފުއްޓަށްވެސް އަޅުގަނޑުގެ އެހީތެރިކަން މިދަނީ ވެވުނު މިންވަރަކުން ފޯރުކޮށްދެމުން. އެކަން ﷲގެ އިރާދަފުޅުން މެދުނުކެނޑި ކުރިޔަށްގެންދާނަން” އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރުކަމުގައި ދެވަނަ ދައުރު ފުރިހަމަ ކުރައްވަމުންގެންދަވާ ސަލީމް ވިދާޅުވިއެވެ.

ހިތާދޫ ގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް ސަލީމް 50000ރ ދެއްވިއިރު، މިއަތޮޅު މާޅޮހު ބަންދަރުގެ ތޮށި ހެދުމަށްވެސް ސަލީމް ވަނީ މީގެ ދުވަސްކޮޅެއް ކުރިން 150 ކޮތަޅު ސިމެންތިދެއްވާފައެވެ. އަދި އޭދަފުށީ ފުޓްބޯޅަ ޓީމް ދާދިފަހުން މިނިވަން ޗެންޕިއަންޝިޕް ކާމިޔާބުކުރިއިރު އެޓީމަށްވެސް ސަލީމްވަނީ ބޮޑެތި އެހީތަކެއް ދެއްވާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top