އޭދަފުށީގެ އެންމެ އަގުހުރި މަންމަ އާއި ބައްޕަ

ޑޭޒީވިލާ މުހައްމަދު އަލީއާއި، އަނބިކަނބަލުން ޒުލައިހާ / ފޮޓޯ: އީވީ

ޑޭޒީވިލާ މުހައްމަދު އަލީއާއި، އަނބިކަނބަލުން ޒުލައިހާ / ފޮޓޯ: އީވީ

މީހަކު މަރުވުމަށް ފަހު އެމީހާއަށް ފައިދާ ކުރަނިވި އޮންނަނީ ދެތިންކަމެކެވެ. އެތަނުންއެއް ކަމަކީ އެމީހާ އަށް ހެޔޮ ދުޢާ ކުރާނެ ޞާލިޙް ދަރިންނެވެ. މި ބަހަށް ބުރަވާއިރު އޭދަފުށީ ޑޭޒީވިލާ މުޙައްމަދު ޢަލީއަށްވުރެ މިކަމުގައި ކުރިއަށް ދެވުނު އެހެން މީހަކު އަހުރެމެން މި އުޅޭ ހިސާބުން ފެންނާނެ ބާއޭ ހިތަށް އަރައެވެ. އާއެކެވެ.އޭނާ ވަނީ އެކަން ކިތަންމެ ރަނގަޅަކަށްވެސް ފުރިހަމަ ކުރައްވާފައެވެ.ދުނިޔޭގައި ހުރެ އެފަދަ ދަރިން ތަކެއް އުފައްދާފައެވެ.

މީގެ އިތުރަށް އޭނާ ހިމެނެނީރާއްޖޭގެ ތާރީޚްގައި ޚާއްޞަކޮށް އޭދަފުށީގެ ތާރީޚް އެންމެ ރީތި ކުރެއްވި ބޭފުޅުންގެ ތެރޭގައެވެ.އޭދަފުށީވަތަބަޑޭރި ތަކުރުފާނަކީ މަޝްހޫރު ޢަލިރަސްގެފާނާއެކު ގައުމަށްޓަކާ އެންމެ ފަހު ލޭފޮދުވެސް ޤުރުބާން ކުރެއްވި ބަތަލެވެ. އޭދަފުށީ ޔޫސުފް ކަލޭފާނަކީ މޮޑަން އޭދަފުއްޓެއް މިއަދާ ހަމައަށް ގެނެސް ދެއްވި ލީޑަރެވެ.އޭދަފުށީ ޑޭޒީވިލާމުޙައްމަދު އަލީ އަކީ އެއްގެއަކުން އެހާގިނަ ޢިލްމީދަރިންތަކެއްމީގެ ކުރިން އެކަކަށް ވެސް ނެރެދެވިފައި ނެތް އަދަދަކަށް ނެރެދެއްވި ހަމަ އެކަނި ބައްޕަ އެވެ. ތަފްސީލަކަށް ދިއުމުގެ ކުރިން މުހައްމަދު އަލީ އަކީ ކާކުކަން ބަލައިލަމާ ހިނގާށެވެ.

މުހައްމަދު އަލީ ނުވަތަ ޢާއްމު ބަހުން ދަންނަވާނަމަ ކުޑައަލީ މުހައްމަދަކީ އޭދަފުށީ ފިނިފެންމާގޭ ޢަލީ ހުސައިން ގެ ނުވަތަ އެންމެން ދަންނަ ނަމުން ދަންނަވާނަމަ ކުޑައަލިބޭ ޢާއިލާގެ އެންމެ އުސް ތަނބެވެ. 15 ދަރިން ލިބިފައިވާ 13 ދަރިންނާއި 33 ކާފަ ދަރިން ގެ އިތުރުން މުނި ކާފަ ކިޔާ ކުއްޖަކު މިވަގުތު ދުނިޔޭގައިއެބަތިއްބެވެ.އުފަންވީ މުއްސަނދި ޢާއިލާ އެއްގެ ތެރެއަށެވެ.ތައުލީމު ހޯއްދެވީ އަމިއްލަ ރަށުންނާއި މާލެއިންނެވެ.އެދުވަސްވަރުގެ ނިސްބަތުން ފުދޭވަރަކަށް ކިޔެވުމަށް ފަހު ރަށަށް އައިސް  ބައްޕަގެ ވިޔަފާރިއާ އޮޑިދޯނި ފަހަރާއި ފަޅުރަށްތައް ބެލެހެއްޓުމުގެ އެންމެ އިސް މީހާގެ ގޮތުގައި ބައްޕަ ނިޔާވަންދެން ހުންނެވިއެވެ. ދެ ކައިވެނި ކުރެއްވިއެވެ.ނަމަވެސް ފުރަތަމަ ކައިވެނިން ލިބުނު ދަރިން ޅަފަތުގައި ވަނީ ނިޔާ ވެފައެވެ.ދެވަނަ އަށް ކައިވެނި ކުރެއްވި  ޒުލައިޚާ ޔަޙްޔާއާއެކު ދިރިއުޅެމުންދާތާ މިއަހަރަކީ ރަން ޔޫބީލް ފާހަގަ ކުރާ އަހަރެވެ.މި މުނާސަބަތުގައި ފުރަތަމަ ދުވަހެކޭވެސް އެއް ފަދައިން މިއަދުވެސް ވަރަށް ލޯބިން އުޅެމުންދާ މި ނަމޫނާ ދެ ކަނބަލުންނަށް އަދި މި ނަމޫނާ މައިންބަފައިންނަށް ހެޔޮއެދުމާ ތަހްނިޔާ ރައްދު ކުރަމެވެ.

މުޙައްމަދު އަލީ އުޅެ ބޮޑުވީ މުއްސަނދި ޢާއިލާއެއްގެ ތެރެއިން ކަމަށްވާތީ ދިރިއުޅުއްވުމުގެ ހުރިހާ ކަމެއްގައިވެސް ހުންނަނީ އެ ކުލަ ޖެހިފައެވެ. ބުރަ މަސައްކަތް ކޮށްގެން ދިރިއުޅުން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވި މިހާރުވެސް ކުރިއަށް ގެންދަވާ،މީހުންނަށް އޯގާތެރި ވުމުގެ ނަމޫނާ ޝަޚްޞިއްޔަތެކެވެ. ގާތްތިމާގެ މީހުންދެކެ ވަރަށް ލޯބިވާ ޢާއިލާގެ އެންމެންގެ ޙާލު ވަކިވަކިން ބައްލަވަމުން ގެންދެވުމުގެ ސަބަބުން މުޅި ޢާއިލާ ގެ އެންމެންގެ ލޯބި މިލްކު ކުރައްވާފައި ވެއެވެ. މެހްމާންދާރީ އަދާކުރެއްވުމުގައި މިސާލެކެވެ. ދިރިއުޅުމަށްކުރައްވަމުން ގެންދަވާ މަސައްކަތަކީ އޮޑިދޯނި ފަހަރު ދުއްވުމާއި ފަޅު ރަށް ގެންގުޅުމެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ކާމިޔާބު ހޯއްދެވި ގޮތަށް ދަރިންނަށް ކިޔަވައި ދިނުމުގައި ވަނީ އެހެން މިހުންނަށް ވަރުގަދަ ނަމުނާ އެއް ދައްކަވާފައެވެ. ލިބިފައިވާ ހުރިހާ ދަރިންނަށް ނުވަތަ13 ދަރިންނަށް އެއްވެސް ކުއްޖަކު ބާކީ ނުކޮށް މޮޅަށް ކިޔަވައިދިނުމަކީ ޚަރަދުގެ ގޮތުން ބަލާއިރުވެސް މަސައްކަތުގެ ބުރަކަމަށް ބަލާއިރުވެސް އާދައިގެ މީހަކަށް ވާނެ ކަމެއް ނޫނެވެ. މައިންބަފައިންނާ ދުރުގައި އެކި ދަރިން އެކި ތަނުގައި ބައިތިއްބައިގެން ތައުލީމުގެ އިތުރުން ތަރުބިއްޔަތު ދިނުމަކީ  އަމުދުން ވެސް ވާނޭ ކަމެއް ނޫނެވެ. އެކަމަކު މިއި ޚިޔާލީ ވާހަކައެއް ނޫނެވެ . މި ކިޔައިދެނީ ކުޑައަލީ މުޙައްމަދު ،ދުނިޔެއާ އާޚިރަތަށް ޓަކާ ކުރި އެންމެ އަގުބޮޑު އިންވެސްޓްމެންޓް ގެ ވާހަކަ އެވެ. ނުވަތަ އޭނާގެ އަގުބޮޑު ތޭރަ ދަރިންގެ ވާހަކައެވެ.

ފަޒީނާ މުޙައްމަދު :ފަޒީނާ އަކީ މުޙައްމަދު ޢަލީގެ އެންމެ ދޮށީ ދަރިފުޅެވެ.ތައުލީމުގެ ބޮޑުބައި ހޭދަކުރެއްވީ އޭދަފުށީ ބަހިއްޔާގައެވެ.އެއަށް ފަހު މާލެއިން އިތުރަށް ކިޔެވުމަށް ފަހު އެދުވަސްވަރު ސަރުކާރު ގަބޫލު ކުރާ މަތީ ދަރަޖައިގެ ސަނަދުތައް ނެންގެވިއެވެ.ސަރުކާރުގެ ޚިދުމަތުގައި10 އަހަރު ހޭދަކުރެއްވުމަށްފަހު ޢާއިލާ އަށް އިސްކަން ދިނުމުގެ ގޮތުން ސަރުކާރުން ވަކިވެވަޑައިގަތީ ގައެވެ.

މައިން ބަފައިންނެކޭ އެއްފަދައިން ފަޒީނާ އަކީވެސް ދަރިން ބިނާ ކުރުމުގައި ވަރަށް ބަރާބަރު އަންހެނެއްކަމުގައި ދެންނެވިދާނެއެވެ.މިހެނީ އޭނާގެ ފަސް ދަރިންގެ ތެރޭގައި ދަށް ވެގެން ޖީސީއީ އޭލެވެލް ނުހަދާ ހުރި އެއްވެސް ކުއްޖަކު ނުހުންނާނެއެވެ.އަދިބުނަން ހެއްޔެވެ.އެކުދިންގެ ކިޔެވުން އަދިވެސް ކުރިއަށް ދަނީއެވެ.

ފަޒީނާ: އޭނާގެ ބައެއް ކުދިންނާއެކު  / ފޮޓޯ: ފޭސްބުކް

ފަޒީނާ: އޭނާގެ ބައެއް ކުދިންނާއެކު / ފޮޓޯ: ފޭސްބުކް

އަޙްމަދު ރަފީއު : ޚިދުމަތް ކުރައްވަމުން ގެންދަވަނީ ތައުލީމީ ދާއިރާގައެވެ.މިވަގުތު ހުންނެވީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ގެ މަޤާމުގައެވެ.ހަމަ އެކަނި މި ސްކޫލްގައި 10 އަހަރު ޚިދުމަތް ކުރައްވާފައި ވެއެވެ. ހޯއްދަވައި ދެއްވި ބޮޑު ކާމިޔާބުގެ ތެރޭގައި 2000ވަނަ އަހަރު މުޅި ރާއްޖެއިން އެއްވަން ސްކޫލަކަށް ބ.އަތޮޅު ތައުލީމީ މަރުކަޒު ހޮވިގެން ދިޔައީ ރަފީއުގެ ބުރަ މަސައްކަތާއި ރޭވުން ތެރި ކަމުގެ މޮޅުކަމުން ކަމުގައި ގަބޫލު ކުރަން ޖެހެއެވެ. މުޙްޔިއްދީން ސްކޫލްގައި 5 އަހަރު އަދި އަމީނިއްޔާ ސްކޫލްގައި5 އަހަރު ހޭދަކުރެއްވިއެވެ.މީގެ އިތުރުން ރ.އަތޮޅު ތައުލީމީ މަރުކަޒުގައިވެސް 5 އަހަރު ޕްރިންސިޕަލް ކަން ކުރެއްވިއެވެ. ރަފީއު ގެ އިބްތިދާއީ ތައުލީމް ޙާސިލް ކުރެއްވީ އޭދަފުށި ބަހިއްޔާއިންނާއި ނައިފަރު މަދްރަސަތުލް އިފްތިތާޙުންނެވެ.އެއަށްފަހު މާލޭ އިންގްލިޝް ސްކޫލުންނާއި މަޖީދިއްޔާ ސްކޫލުންނެވެ. މަތީ ތައުލީމް ހޯއްދެވީ މެލޭޝިޔާގެއެމެރިކަން ޔުނިވަރސިޓީ އޯފް ހަވާއީ އިންނާއި ޔުނިވަރސިޓީ އޮފް ޕަރްސާނިޔަ އިންނެވެ.

އަހްމަދު ރަފީއު ތައުލީމީ މަރުކަޒުގެ ދަރިވަރަކަށް އިނާމް ދެއްވަނީ / ފޮޓޯ: ފޭސްބުކް

އަހްމަދު ރަފީއު ތައުލީމީ މަރުކަޒުގެ ދަރިވަރަކަށް އިނާމް ދެއްވަނީ / ފޮޓޯ: ފޭސްބުކް

ރަފީއުއެކޭ އެއްފަދައިން އޭނާގެ ދަރިން ވެސް ދަނީ ތައުލީމީ ގޮތުން ރެކޯޑް ތަކެއް ހޯދަމުންނެވެ.ވޭތުވެ ދިޔަ އަހަރު އޭނަގެ ދޮށީ ދަރިފުޅު ޔަމާން ވަނީ ޖީސީއީ އޯލެވެލްގައި ބައިވެރިވެ 8އޭ ހޯދައިގެން މުޅި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ގޮން ޖަހާފައެވެ.

އިބްރާހިމް ރަފީއު : ސީއެޗް އެސްސީ ނިންމުމަށްފަހު ގުޅުނީ ކަނޑުދަތުރުގެ ދާއިރާ އަށެވެ.މިރޮގުން ކުރިއަށް ދިއުމަށްޓަކައި އެމް.އެސް.އެލް އާ ގުޅިގެންއިތުރު ތަޖްރިބާ ހޯދުމަށް މުމްބާއީގެ ލާލްބަހާދަރް ޝާސްތްރީ ގެ ކޮލެޖް އޮފް އެޑްވާންސް މެރިޓައިމް ސްޓަޑީޒް އެންޑްރިސާޗް އިންޑިއަން މެރިޓައިމް ޔުނިވަރސިޓީ  ގައި ތިން އަހަރު ހޭދަކުރައްވައި އެތަނުން ދޭ އެންމެ މަތީ ފާސް ނުވަތަ މާސްޓަރސް އެންޑް ނެވިގޭޝަން ހޯއްދެވިއެވެ.އޭގެ ފަހުން ކެޕްޓަނެއްގެ ގޮތުގައި ބޮޑެތި ބޯޓފަހަރުގައި ނަވާރަ އަހަރު މަސައްކަތް ކުރެއްވިއެވެ.މިހާރުވެސް ރިސޯސް ލެކްޗަރަރ އެއްގެ ގޮތުގައި ވިލިމާލޭގައި ހުންނަ ސެންޓަރ ފޯރމެރިޓައިމް ސްޓަޑީޒް ގައި މަސައްކަތް ކުރައްވައެވެ.

ޢަލި ރަފީއު : ދިރާގުގެ އޭދަފުށި ބްރާންޗް ގެ ޓެކްނިކަލް ޑިޕާރޓްމަންޓްގައި މަސައްކަތް ކުރައްވާތާ 17 އަހަރު ވީއެވެ. މި ދާއިރާގައި އިތުރު ތަޖްރިބާ ހޯދުމަށްޓަކާ އަލީ ވަނީ އިންޑިއާ އިންނާއި ސިންގަޕޯރއިން ތަފާތު ކޯސް ވެސް ހައްދަވާފައެވެ.

އިޙްސާނާ މުޙައްމަދު : ޢާއިލާގެ ގިނަމީހުންނެކޭ އެއް ފަދައިން ޝައުޤުވެރިވީ މީހުން ބިނާ ކުރުމަށެވެ.ނުވަތަ ތައުލީމީ ދާއިރާ އަށެވެ.މާލޭ އިންގްލިޝް ސްކޫލުން އޯލެވެލް ނިންމުމަށް ފަހު ސެކަންޑްރީ ޓިޗިންގް ކޯސް ފުރިހަމަ ކުރެއްވިއެވެ. އަމިއްލަ ރަށަށް ޚިދުމަތް ކުރާ ހިތް އޮތްލެއް ބޮޑު ކަމުން ރަށަށް ބަދަލުވެ ޚިދުމަތް ކުރައްވަން ފެއްޓެވީ ބ.އަތޮޅު ތައުލީމީ މަރުކަޒު ގައެވެ. މިހާރު ހުންނެވީ އެ ސްކޫލް ގެ ލީޑިންގ ޓީޗަރުކަމުގެ މަގާމުގައެވެ.

ihusaana

ފަޒުނާ މުޙައްމަދު:އާދައިގެ ބޭކަބަލެއް ނޫނެވެ. އެކަން އެނގުނީ ދާދި ފަހުން މިރަށަށް ވަޑައިގެންނެވި ރާއްޖޭގެ ނާއިބު ރައީސް ގެ ވާހަކަފުޅުންނެވެ.އެމަނުކުފާނުގެ ވާހަކަފުޅުގައި ފަޒްނާ އަކީ އެމަނިކުފާނާ އެކު މެލޭޝިއާ ގައި ކިޔަވަން އުޅުއްވިކަނބަލެއްކަމުގައި ވިދާޅުވި ހިސާބުންނެވެ.

ފަޒްނާގެ ތައުލީމިހަޔާތުގެ އެންމެ އުސްއަލި ތަކަށް ބަލާއިރު، މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީ ގައި ހޭދަކުރެއްވި ކާމިޔާބު ހަތަރުއަހަރުދުވަހުގެ ތެރޭގައި ބެޗްލަރ އޮފް އެކައުންޓިންގ އިން އޮނަރސް ޑިގްރީ ހޯއްދެވިއެވެ. އެއަށް ފަހު މަޖީދިއްޔާސްކޫލް ގައި ސެކަންޑްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު 2003ގައި ފެކަލްޓީ އޮފް މެނޭޖްމެންޓް އެންޑް ކޮމްޕިއުޓިންގ ގެ ލެކްޗަރަރ ގެ މަގާމަށް ބަދަލުވެ 2009ވަނަ އަހަރާ ހަމައަށް ޚިދުމަތުދައި ދެމިހުންނެވިއެވެ. އެހިސާބުން އަނެއްކާވެސް ފަޒުނާގެ ތައުލީމީ ހަޔާތުގެ ގިޔަރު އެއް ދަރަޖަ ކުރިއަށް ޖެއްސުމަށްފަހު އޮސްޓްރޭލިޔާ އިން މާސްޓަރ އޮފް ޕްރޮފެޝަނަލް އެކައުންޓިންގ 18މަސްދުވަހުގެ ތެރޭގައި ނިންމެވިއެވެ. މިހާރުވެސް ފަޒްނާ ހުންނެވީ އެފް.އެމް.ސީ ގެ ލެކްޗަރަރ އެއްގެ ގޮތުގައެވެ.

ފަޒްނާ އޭނާގެ ދެކުދިންނާއެކު / ފޮޓޯ: ފޭސްބުކް

ފަޒްނާ އޭނާގެ ދެކުދިންނާއެކު / ފޮޓޯ: ފޭސްބުކް

ޑރ.ޢަބްދުﷲ ރަފީޢު : އެމް.ބީ.ބީ.އެސް ނެންގެވީ އިންޑިއާގެ ޕޫނާ އިންނެވެ. އިތުރަށް ކުރިއަށް ދިއުމަށް ބޭނުންވާތީ  މާސްޓަރހެއްދެވުމަށް މިހާރު ކިޔަވަމުން ގެންދަވަނީ އިގިރޭސި ވިލާތުގައެވެ.

ޑރ: އަބްދުﷲ ރަފީއު. މިހާރުގެންދަވަނީ މާސްޓާޒް ހައްދަވަމުން

ޑރ: އަބްދުﷲ ރަފީއު. މިހާރުގެންދަވަނީ މާސްޓާޒް ހައްދަވަމުން

ޔާސިރު ރަފީއު : އެމް އީއެސް ގައި ތައުލީމް ހާސިލް ކުރަމުންދިޔައިރުވެސް ޔާސިރުއަކީ ވަރަށް ބޮޑަށް ލެބޯޓރީ މަސައްކަތަށް ޝައުޤު ވެރިވާކުއްޖެކެވެ. ނަތީޖާ އަކަށްވީ އޯލެވެލް ހަމަ ނިމުމާއެކު އޭ ލެވެލްގެ ފުރުޞަތުވެސް ނަގާލާފަ ފެކަލްޓީ އޮފް ހެލްތް ސައިންސަސް އާއި ގުޅުމެވެ. އެތަނުން ލެބޯޓްރީ ޓެކްނޮލޮޖީ ކޯސް ފުރިހަމަކުރެއްވުމަށްފަހު ބ.އަތޮޅު ހޮސްޕިޓަލް ގެލެބޯޓްރީގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އޭގެ ފަހުން ޕާކިސްތާނުގައި ދެ އަހަރު ކިޔެވުމަށް ފަހު މި ދާއިރާއިން ޑިގްރީ ނެންގެވިއެވެ.

ޔާސިރު ރަފީއު ހެލްތް މިނިސްޓަރާ ސަލާމް ކުރައްވަނީ / ފޮޓޯ: އިވީ ފައިލް

ޔާސިރު ރަފީއު ހެލްތް މިނިސްޓަރާ ސަލާމް ކުރައްވަނީ / ފޮޓޯ: އިވީ ފައިލް

ޔާސީން ރަފީއު : ޔާސީން ތައުލީމީ ދައުރު ނިންމާލުމަށް ފަހު ޚިދުމަތް ކުރެއްވީ އެމްޓީސީސީ ގައެވެ.އެއަށް ފަހު އިތުރަށް ކިޔެވުމަށް ޓަކާ ބަންގްލާދޭޝް ގެ ޑާކާ ގައި ހުންނަ އިސްލާމިކް ޔުނިވަރ ސިޓީ އިން ބެޗެލަރ އޮފް ސައިންސް އިން އިލެކްޓްރިކަލް  އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ހެއްދެވިއެވެ.އޭގެ އިތުރުން2005 ވަނަ އަހަރު މެލޭޝިއާ އިން މާސްޓަރ އޮފް ސައިންސް އިން އިލެކްޓްރިކަލް ޕަވަރ އިންޖިނިއަރިންގ ހެއްދެވިއެވެ. މިހާރު ޔާސީން އަކީ އެމް ޓީ ސީ ސީ ގެ އެންމެބޮޑު ޑިޕާރޓްމަންޓް ކަމަށްވާ ކޮންސްޓްރަކްޝަން އެންޑް ޕޮރޮޖެކްޓް ޑިޕާރޓްމަންޓްގެ ޓެކްނިކަލް މެނޭޖަރ އެވެ.

ޔާސީން އޭނާގެ އާއިލާއާއެކު / ފޮޓޯ: ފޭސްބުކް

ޔާސީން އޭނާގެ އާއިލާއާއެކު / ފޮޓޯ: ފޭސްބުކް

މުބާޝިރު ރަފީއު : މުބާޝިރުވެސް ގްރޭޑް 7 ނިންމުމަށް ފަހު އޯލެވެލް އާއި ހަމައަށް ކިޔެވީ މަޖީދިއްޔާއިންނެވެ. އެއަށް ފަހު ސީއެޗްއެސްސީ އިން އޭ ލެވެލް ނިންމުމަށް ފަހު އާކަމެއް ކޮށްލާ ހިތުން ދަނޑުވެރިކަމާ ދިމާއަށް އެނބުރުނެވެ. ދަނޑުވެރިކަމާ ބެހޭ ކޯހެއް ނިއިޒިލެންޑްގައި ފުރިހަމަ ކުރަންވެސް ފެއްޓިއެވެ.އެހެން ނަމަވެސް ވަކި ހިސާބަކުން އޭނާ އަށް ވިސްނުނީ ކުރިއަށް މި ދެވެނީ އަސްލު އޭނާގެ ދާއިރާގައި ނޫން ކަމުގައެވެ.އެހާ މިސްރާބު ބަދަލު ކޮށްލިއެވެ.

މުބާޝިރު އަކީ  ފެލިވަރު ކޭނަރީގެ ހެޑް ސުޕަވައިޒަރެވެ. މިމަގާމާ ހަމައަށް މިއަދު މުބާރިކަށް އާދެވުނި ގިނަ ތަޖްރިބާ ތަކަކާ ގިނަ ކަންތައް ތަކެއް ދަސްކޮށްގެން ކަމުގައި ގަބޫލު ކުރަން ޖެހެއެވެ. އެހެނީ މި ކޭނަރި ގައި ހޭދަ ކުރެވުނު އަހަރުގެ ތެރޭގައި އޭނާ ވަނީ ޖަޕާނާއި އިންޑޮނޭޝިޔާ ގައި ދެ ކޯހެއްވެސް ފުރިހަމަ ކުރައްވާފައެވެ.

މުބާޝިރު ރަފީއު. ފެލިވަރު މަސްފެކްޓްރީގައި މަސައްކަތް ކުރައްވާތާ ގިނަދުވަސްތަކެއްވެޖެ / ފޮޓޯ: ފޭސްބުކް

މުބާޝިރު ރަފީއު. ފެލިވަރު މަސްފެކްޓްރީގައި މަސައްކަތް ކުރައްވާތާ ގިނަދުވަސްތަކެއްވެޖެ / ފޮޓޯ: ފޭސްބުކް

މުބާރިކު ރަފީއު :ވަރަށް ދީންވެރި ވަރަށް މަޑުމައިތިރި މުބާރިކުގެ ތައުލީމީ ދައުރު ފެށިގެން އައީ އޭދަފުށީ ބަހިއްޔާ އިންނެވެ.ގްރޭޑް 7އާހަމައިން މާލެއަށް ބަދަލުވެ މއޖީދިއްޔާގައި ތައިލީމް ކުރިއަށް ގެންދެވިއެވެ. ސީއެޗްއެސްސީ އިން އޭ ލެވެލް ނިންމުމަށް ފަހު ކުޑަ ދުވަސް ކޮޅކު ސްޓެލްކޯ ގައި މަސައްކަތް ކުރެއްވިއެވެ. ޖެނެރޭޓަރ އާއި އިލެކްޓްރިކް އާއި ބެހޭ ކޯހެއް ހެއްދެވުމަށްޓަކައި  ދެން ބަދަލުވީ އިންޑިއާގެ ކޮޗިން އަށެވެ.މި ކޯސް ނިންމުމަށް ފަހު މެލޭޝިއާ ގައިވެސް އިލެކްޓްރިކް އާއި ބެހޭ ކޯހެއް ކުރިއަށް ގެންދެވިއެވެ.  މުބާރިކު މި ދެ ތަނުން ހޯއްދެވި އިލްމުގެ އަމަލި ނަތީޖާ ދައްކަވަމުން މިހާރު ގެންދަވަނީ މިހާރު ދިރާގުގައެވެ.

މުބާހު ރަފީއު : މުޙައްމަދު ޢަލީ ގެ އެންމެހަގު ފިރިހެންދަރިފުޅު މުބާހު އަކީ އެންމެ ކުޑައިރުއްސުރެ ވެސް ވަރަށް ތޫނުފިލި ކުއްޖެކެވެ. އަމިއްލަ ރަށުން އޯ ލެވެލް ނިންމުމަށް ފަހު އޭ ލެވެލް ހެއްދެވީ ސީއެޗްއެސްސީ އިންނެވެ. ކުޑަދުވަސް ކޮޅަކު އެމްޓީސީސީ ގައި މަސައްކަތް ކުރެއްވުމަށް ފަހު އިތުރަށް ކިޔެވުމަށް ޓަކާ މެލޭޝިއާ ޚިޔާރު ކުރެއްވިއެވެ. 3 އަހަރު ދުވަހުގެ މަސައްކަތުން މާކެޓިން ރޮގުން ބީ އޭ ނެންގެވިއެވެ. މި ކާމިޔާބާ އެކު ފަސް އެނބުރި ބެލުމެއް ނެތި މުބާހު ދިޔައީ ކުރިއަށެވެ. މިއަދު އޭނާއަކީ ރާއްޖޭގެ ބޮޑު ކުންފުންޏެއް ކަމުގައިވާ މެކްޓެކް މޯލްޑިވްސް ގެ އެއްޑައިރެކްޓަރެވެ.މިއަށް ވުރެވެސް ބޮޑަށް މުބާހު ފަޚްރުވެރިވަނީ ބައްޕަގެ އޮޑިދޯނިފަހަރު ބެލެހެއްޓުމަށް ހަވާލު ވެވިފައިވާތީއެވެ.

އިޝާނާ މުޙައްމަދު : މި ދެމަފިރިންގެ އެންނެ ހަގު ދަރިފުޅު އިޝާނާ ޚިޔާރު ކުރީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމެވެ. އެހެން ކަމުން ކުރިއަށް ދިޔައީ ނާރސިންގ ގެ ރޮނގުންނެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އިންޑިޕްލޮމާ ފުރިހަމަ ކުރެއްވުމަށް ފަހު ބ.އަތޮޅު ހޮސްޕިޓަލް ގައި  ޚިދުމަތް ކުރައްވާތާ މިހާރު އަށް އަހަރު ވީއެވެ.

އިޝާނާ މުހައްމަދު. މަސައްކަތްކުރައްވަނީ ބ. އަތޮޅު ހޮސްޕިޓަލްގައި ސްޓާފް ނާރސްއެއްގެ މަގާމް / ފޮޓޯ: ފޭސްބުކް

އިޝާނާ މުހައްމަދު. މަސައްކަތްކުރައްވަނީ ބ. އަތޮޅު ހޮސްޕިޓަލްގައި ސްޓާފް ނާރސްއެއްގެ މަގާމް / ފޮޓޯ: ފޭސްބުކް

މި ދަންނަވާލީ އެ ދެމަފިރިންގެ ކައިވެނީގެ ރަން ޔޫބީލް ނުވަތަ ގޯލްޑަން ޖުބިލީ ފާހަގަ ކުރާ އޭދަފުށީ ޑޭޒިވިލާ މުޙައްމަދު ޢަލީ އާއިޒުލައިޚާ ޔަޙްޔާ އަށް ލިބުނު ތޭރަ ދަރިންގެ ވާހަކައެވެ.

އިންސާނެއްގެ ހަޔާތުގައި 50 އަހަރަކީ ހާދަހާ ގިނަ ދުވަހެކެވެ.މި 50 އަހަރު ދުވަހުގެ ތެރޭގައިދުނިޔޭގައި ހިނގަމުންއަންނަ ކޮންމެ ކަމަކަށްވެސްބަދަލު ތަކެއް އަންނާނެއެވެ. އެގޮތުން މި ދެމަފިރިންގެ ދުނިޔެއަށް އައީ ކޮން ބަދަލު ތަކެއް ބާވައެވެ؟ޙާޞިލް ކުރެވުނީ ނުވަތަ ޙާޞިލްނުކުރެވުނީކޮންކަންތަކެއްބާވައެވެ؟ ހަނދާނުން ނުފިލާ ހުރީ ކޮން ހާދިސާ އެއްބާވައެވެ؟ 13 ދަރިން ތަރުބިއްޔަތު ކުރުމުގައި ދިމާވި ގޮންޖެހުން ތަކަކީ ކޮބާ ހެއްޔެވެ؟ އަދިވެސް…

އަހަރެން އިނީ މި ދެމަފިރިންގެ މެދުގައި ހުރި ޖޯއްޔެއްގައެވެ. މިވާހަކަތަކަށް ޖަވާބުދޭނެ ކަމަށް ހީކުރީ މުހައްމަދު އަލީއެވެ. އެކަމަކު އެއަށް ވުރެ ކުރިން ޒުލޭޚާ ފަށައިފިއެވެ. “ކޮންމެ ދިރިއުޅުމެއްގައި ވެސް މައްސަލަ ޖެހޭނެ. ދިރިއުޅުމުގައި މައްސަލައެއް ނުޖެހުމަކީ ވެސް މައްސަލައެއް. އެކަމަކު މައްސަލަ އެއް ޖެހިއްޖެ ނަމަ އެއީދެން މާބޮޑު ކަމަކަށް ހަދައިގެން ދިގު ދަންމަމުން ދާނަމަ އެ ގޯސްވީ. އޭގެ ބަދަލުގައި މިއީ އެއް ދޯންޏެއްގައި ދަތުރު ކުރާ ދެމީހުންނަށްވެގެން ދެމީހުންގެ މަންޒިލަކީވެސް އެއް ތަނެއްކަން ވިސްނައިގެން އުޅެފިނަމަ ދިރިއުޅުމަކީ އުދަނގޫ ކަމަކަށް ނުވާނެ. މީގަ ދެންބަލަންޖެހޭ އެންމެ ބޮޑުކަމަކީ އެކަކު އަނެކަކަށް ހެދޭ ގޯސް ތަކަށް މާފު ދިނުމާއެކު އެގޯސް ތަކުރާރު ނުކުރުން. ހަމަ އެގޮތަށް ވިސްނުމުގެ ތަފާތަކީ ވެސް އަހަރެމެންގެ ތެރޭގައި ކައިވެނި ތައް ރޫޅެން ދިމާވާ ވަރަށް ބޮޑު ސަބަބެއް. ދެ މީހުންގެ ވިސްނުން ކޮންމެ ކަމެއްގައި އެއް ގޮތް ނުވެ ހިގައިދާނެ. ވިސްނަންވީ މިއީ ދެމީހުންކަން.އެކަކު ނޫންކަން.ވީމާ ދެ މީހުންގެ ވިސްނުން އެއް ގޮތްނޫން ފަހަރު މައްސަލަ އުފެއްދުމުގެ ބަދަލުގައި މައްސަލަ ނިންމަން އުޅޭނަމަ ކޮންމެ ކައިވެންޏެއްވެސް ވާނީ ބާއްޖަވެރި ކައިވެންޏަކަށް. “

ދަލޭކަ ވާހަކަ ދައްކަމުން ދިޔައިރު މުޙައްމަދު ޢަލީ އިނީ އިސް ޖަހައިގެންނެވެ. އެއީ އެކަމަށް އެއްބަސް ވުން ކަމުގައި އަހަރެން ބެލީމެވެ. އަނެއްކާވެސް ވާހަކަ ދެއްކީ ދަލޭކައެވެ. “ދިރިއުޅުމުގެ މިހާ ހިސާބަށް އައީ ވަރަށް ބުރަ މަސައްކަތް ވެސް ކޮށްގެން.ފަނަރަ ދަރިން ލިބުނު އިރު ބައެއް ކުދިންނަކީ ވަރަށް ކައިރކައިރީގައި ލިބިފައިވާ ކުދިންކަމުން ގެންގުޅުމުގައި ވަރަށް ހިތްދަތި ދުވަސް ތަކެއްވެސް ތަޖްރިބާ ކުރިން.އެކަމަކު މިއަދު ހުރިހާ ކުދިން ބޮޑުވެ ހުރިހާ ކުދިން ވެސް އަހަރެމެން ދެކެ ވަރަށް ލޯބިވާތީ މި ތިބީ ވަރަށް އުފަލުން. ދިރި އުޅުމުގާ ބޭނުން ހުރިހާ ކަމެއް ހުރިހާ އެއްޗެއް ވެސް ލިބިއްޖެ. އެންމެ އުފާ ވަނީ އެތައް މިތަނަށް ލައިގެން ކުދިންނަށް ކިޔަވައިދިން އިރު އެއިން އެއްވެސް ކުއްޖަކު ނުބައި މަގެއް އިޚްތިޔާރު ނުކުރި ކަން. އަހަރެމެންގެ ކޮންމެ ކުއްޖަކީވެސް އަޚްލާގީ ގޮތުން ރަނގަޅު ކުދިންނަށް ވީ
ކަމަށް ޓަކައި ﷲ ގެ ކިބަފުޅަށް ހާސް ފަށުން ޝުކުރު ކުރަން. “

މުހައްމަދު އަލީގެ އާއިލާގެ މެމްބަރުންގެ ތާރީހީ ފޮޓޯއެއް 1990ގެ ކުރީކޮޅު / ފޮޓޯ: މުހައްމަދު އަލީގެ އާއިލާ

މުހައްމަދު އަލީގެ އާއިލާގެ މެމްބަރުންގެ ތާރީހީ ފޮޓޯއެއް 1990ގެ ކުރީކޮޅު / ފޮޓޯ: މުހައްމަދު އަލީގެ އާއިލާ

ދަލޭކައިގެ މޫނުގައި ހުރީ ހިނިތުން ވުމެވެ. އެއީ އެމޫނުގައި ޢާއްމުކޮށް ހުންނަ ހިނިތުންވުމާއި އޯގާތެރިކަމެވެ.އެހެން ނަމަވެސް މުޙައްމަދު ޢަލީ ގެ މޫނުމަތި ތަރުޖަމާ ކުރާ މީހުން ބުނާނީ މުޅިން އެހެން ވާހަކަ އެކެވެ. އެމޫނުން ކުރިން ފެންނަން ހުރި އުފާވެރި ކަމާ ދިރުމާ އުއްމީދީ ކުލަވަރު މަޑުމަޑުން ފިލަމުންދާކަހަލައެވެ. ހީވަނީ ބޮޑު ހަގުރާމަ އަކުން ފަތަޙަ ހޯދައިގެން ގެއަށް އައިސް ވަރުބަލި ވެފާ އިންހެންނެވެ.އާއެކެވެ.  ދިރިއުޅުމުގެ ވަރަށް ބޮޑު ހަގުރާމަ އަކުން ނިމި އެއިނީ ފަތަޙަ ހޯދައިގެން އެ ވަރުބަލިކަން މަތީގައެވެ .83 އަހަރު ވޭތުވެގެންދާއިރު އުމުރު ގެ އަނިޔާވެރިކަމާ ދުނިޔޭގެ ދިގު ދަތުރުގައި ދިމާވި އެކި އެކި ޙާދިސާތަކާ މައްސަލަތަކުން ނިމިގެން އަރާމު ކޮށްލަން ބޭނުން ވެފާ ހުރި ކަން ކިތަންމެހާ ރަގަޅަކަށް ވެސް އެ މޫނުމަތިން ތަރުޖަމާ ކޮށްދެއެވެ.ހަދުމަ ކޮށްލުން އައުލާ ކަން ބޮޑެވެ. ބޮޑު ސިންގާ ރައްޔިތެއްގެ ތެރެއިން އޯގާވެރިކަމާ ހިތްހެޔޮ ކަމުގެ ލާމަސީލު މަގާމް އޭނައަށް ޙައްޤުވެއެވެ. ރައްޔިތުންނާ ގުޅިގެން ރައްޔިތުންނަށްޓަކާ ރަށަށް ކުރެވޭ ކޮންމެ ކަމެއްގައި އެންމެ ފުރިހަމަ އަށް  ބައިވެރި ވެފައިވާތީއެވެ.ލާމަސީލު ބައްޕަ އަކާއި ބޭބެ އެއްގެ ލަޤަބު ދޭން ޖެހެއެވެ.އޭނަ އާއި ވާދަ ކުރެވޭނެ އެހެން ބައްޕަ އަކު ނުވަތަ ޢާއިލާ ގެ އެންމެންގެ ޙާލު ވަކިވަކިން ބަލާ އެ އެންމެންގެ ބޭނުން ތައް ފުއްދައިދީ ހަދާ އޯގާތެރިބޭބެއަކު މި ދިވެހި އުޑުދަށުގައި ހުންނާނެނަމަ އެ ވާނި ހާހަކުން އެކެއްކަމަށް ވާތީއެވެ.އަދި ކީއްހެއްޔެވެ. އޭނާ ދަންނަ އެތައް ހާސް ބަޔަކު އޭނާ ސިފަ ކުރާނީ ގާތް ރަހްމަތްތެރިއެއްގެ އިތުރުން ބޭނުން ޖެހިފައިވާ ހުރިހާކަމެއް ކޮށް ދިން ލާމަސީލު މިސާލެއްގެ ގޮތުގައެވެ.

އެހުރިހާ ކަމެއްނިމިގެން ގޭގައި އަރާމު ކޮއްލަން މަޑުކޮށްލައިގެން އޮތްއިރު ފެންނަނީ ލޮލުގެ އެސްފިޔަ ތައްވެސް ޒަމާނުގެ އަނިޔާއިން ބަރުވަމުންދާ ތަނެވެ.ވަރުބަލި ކަމާ އެކު ލެއްޕުމަށް މަސައްކަތް ކުރާ ތަނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top