ކޮންމެ އަހަރެއްގެ ބޮޑުއީދުގައި އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން ބާއްވަމުންއަންނަ ފުޓްބޯޅަ މުބާރާތުގެ މިއަހަރުގެ ޗެމްޕިއަންކަން އެމްވީ ޔުނައިޓެޑް ހޯދައިފިއެވެ.
މި ޓީމް ޗެމްޕިއަންކަން ހޯދާފައިވަނީ މި މުބާރާތުގެ ފައިނަލުގައި މިއަދު ހުސްސޮގުން ޓީމާ ވާދަކޮށްގެން 1-0ގެ ތަފާތުންނެވެ. މެޗްގައި ޖެހި ހަމައެކަނި ލަނޑު ފަސްވަނަ މިނިޓްގައި އެމްއޭ ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަޒްމީން އަބްދުއްސައްތާރުއެވެ.
ބޮޑުއީދުގައި ބާއްވަމުން އަންނަ މި މުބާރާތް އެމްވީ ޔުނައިޓެޑް މިއަހަރު ކާމިޔާބު ކުރުމުން އެ ޓީމް ތާރީޚުގެ ތެރެއަށް ވަދެގެން އެދިޔައީ މި މުބާރާތް ފަސްވަނަ ފަހަރު ކާމިޔާބު ކުރި ފަޚްރުވެރި ރީތި ނަމާ އެކުގައެއެމް ވީ ޔުނައިޓެޑް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2001، 2002، 2012 އަދި 2014 ގައެވެ..
މުބާރާތުގެ މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ އެމްއޭ ޔުނައިޓެޑްގެ މުހައްމަދު ސައިމަން އެވެ. އެންމެ މޮޅު މިޑްފީލްޑް އަކީ ހުސްސޮގުން ޓީމުގެ އަހުމަދު ލަތީފް އެވެ. އެންމެ މޮޅު ފޯވާޑަކަށް ހޮވިފައިވަނީ މުބާރާތުގައި އެންމެގިނަ ގޯލު ޖެހި އެމްއޭ ޔުނައިޓެޑްގެ މުހައްމަދު ފާސިރު އެވެ.
މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމްއޭ ޔުނައިޓެޑްގެ ނިޝާމް މުހައްމަދު ރަޝީދެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ ހުސްސޮގުން ޓީމުގެ އަހުމަދު ޝާހިދު އެވެ. އެންމެ މޮޅު ކޯޗަކީ އެމްއޭ ޔުނައިޓެޑްގެ ކޯޗް އިސްމާއިލް ރަޝީދެވެ.