އަންނަ އަހަރަށް ދައުލަތުން މަޖިލިހަށް ހުށައަޅާފައިވާ ބަޖެޓްގައިވާ ގޮތުން 2027 ވަނަ އަހަރުގެ ޓްރާންސްޕޯޓް ސަބްސިޑީޒްގެ ތެރޭގައި އާރްޓީއެލް ފުޅާވުމުގެ ސަބަބުން އިތުރުވާ ހަރަދާއި ރާއްޖޭގެ އުތުރާއި ދެކުނުގަައި ވައިގެ ދަތުރުތައް އަގު ހެޔޮކުރުމަށް ދޭ ސައުތު އަދި ނޯތު ކަނެކްޓިވިޓީ ޕްރޮޖެކްޓަށް ސަބްސިޑީޒް ހިމަނާފައެވެ.
މިއީ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިކަން ހައްލުކޮށްދިނުމުގެ ގޮތުން ސަރުކާރުން ހިންގާ މުހިއްމު ޕްރޮގްރާމެއްކަމަށް ބަޖެޓްގައި ފޮތުގައިވެއެވެ. އެހެންނަމަވެސް މީ ގެ ތަފްސީލުތަކެއް ނެތެވެ.
އަންނަ އަހަރުގެ ލަފާކުރާ ބަޖެޓް ފޮތުގައިވާ ގޮތުން ދަތުރުފަތުރުގެ ސަބްސިޑީއަށް ހަރަދުވާނެކަމަށް 1.71 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.






