ފަހާ ތަނެއްގައި ޒުވާން އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރަށް

large_179345947416N05L.png

މާލޭގެ ފަހާ ތަނެއްގެ ތެރޭގައި ޒުވާން އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ ބޮޑުރަސްގެފާނު މަގުގައި ހުންނަ ފަހާ ތަނެއްގަ އެވެ.

އެ ތަނަށް އެއްޗެއް ފަހުވަން 19 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ދިޔުމުން، މިން ނަގަން ކަމަށް ބުނެ، ޗޭންޖިން ރޫމަށް ވައްދައި، ގަދަކަމުން އެ ކުއްޖާއާ ބެހެން އުޅުނު ކަމަށް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކާ އެކު ރޭ ބުނެފައިވެ އެވެ. އަދި އެކަމުގެ ތެރޭގައި ބިދޭސީ މީހާ އެ އަންހެން ކުއްޖާގެ ކަރުގައި ހިފައި ޖިސްމާނީ އަނިޔާކުރި ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ބިދޭސީ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ފުލުުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖިންސީ ކުށުގެ 272 މައްސަލައެއް ރިޕޯޓުކުރިއިރު، މި އަހަރުގެ މިހާތަނަށް އެފަދަ 228 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top