ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި އިތުރު މައްސަލަތަކެއް

n1b1f57xfz.webp

ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލެއްގައި ދަރިވަރުން ތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އެ ސުކޫލުގައި ޓީޗަރުން ދަރިވަރުންނަށް ޖިންސީ ގޯނާ ކޮށްގެން ދެ މައްސަލައެއް ހުށަހެޅުނު ކަމަށެވެ.

ފުރަތަމަ މައްސަލަ އަކީ، ސުކޫލު ޓީޗަރަކު 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ. އެ މައްސަލަ ހުށަހެޅީ މިމަހު 11 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން އޮކްޓޫބަރު 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ދެ ވަނަ މައްސަލައަކީ، ޓީޗަރަކު 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ. މި މައްސަލަ ހުށަހެޅުނީ މިމަހު 17 ވަނަ ދުވަހު ކަމަށާ، މި މައްސަލައާ ގުޅިގެން އޮކްޓޫބަރު 23 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލަ އަކީ އެއްރަށެއްގައި ހިނގައިދިޔަ މައްސަލަ ކަމަށާ، ނަމަވެސް ތުހުމަތުގައި ހައްޔަރު ކުރީ ދެމީހުން ކަމަށް ފުލުހުން ބުންޏެވެ.

މި ދެ، މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top