ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށް

large_175612211946iVdl.jpeg

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށްލާން ކުރިމިނަލް ކޯޓުުން ހުކުމް ކުރީ އަބްދުއްނާފިއު އީސާ ކިޔާ މީހަކަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާގައި، އެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) ގެ ދަށުން އަބްދުއްނާފިއު އީސާ ކުށްވެރިވެއްޖެ ކަމަށް ވަނީ ކޯޓުން ކަނޑައަޅައިފައެވެ.

އެ ގާނޫނުގެ ނުވަވަނަ މާއްދާއަކީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށެކެވެ.

އެހެންކަމުން މި ކުށުގެ އުގޫބާތެއްގެ ގޮތުން އެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ށ) ގެ ދަށުން އޭނާ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top