ރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް އަރުވައިފި

9caf997e-71d2-4441-8287-108fae6f9e16.jpg

އަންނަ 2028ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޕީއެންސީގެ ރިޔާސި ޓިކެޓު، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރޭ ރަސްމީކޮށް އަރުވައިފިއެވެ.

ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓް ދިނުމަށް އިއްޔެގެ ވަގުތެއްގައި ހުށަހެޅީ ފުވައްމުލަކު ދެކުނު ދާއިރާގެ ހާއްސަ މަންދޫބުގެ ގޮތުގައި ކޮންގްރެސްގައި ބައިވެރިވި އަބްދުﷲ އިބްރާހީމް އެވެ. އޭނާގެ ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި 1،119 މަންދޫބުންގެ އިއްތިފާގުންނެވެ.

ރައީސް މުޢިއްޒަށް މި ޓިކެޓު ހަވާލުކޮށްދެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެ ޕާޓީގެ ބޭފުޅެއް ކަމުގައިވެފައި އެ ބޭފުޅަކު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ޕާޓީގެ މެންބަރުންގެ މަޖިލީހަށް ނުވަތަ ކޮންގްރެސް އަށް ހުށަހަޅައި ފާސްވެއްޖެނަމަ ރިޔާސީ ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ރިޔާސީ ޓިކެޓް ލިބޭނެ އެވެ.

މިއީ ޕީއެންސީގެ ޓިކެޓު ރައީސް މުޢިއްޒަށް އެރުވި ދެވަނަ ފަހަރެވެ. އެމަނިކުފާނަށް އެންމެ ފުރަތަމަ މި ޓިކެޓު ލިބިވަޑައިގަތީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އެ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބަލިކުރައްވައި ރައީސް މުޢިއްޒު ވަނީ ވަރަށް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top