ދިވެހިންނަށް ހިއްސާ ލިބޭ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ

b_202609070135021788770102.7666.jpg

ހުރިހާ ދިވެހި ރައްޔިތުންނަކީ ރިސޯޓުތަކުގެ ހިއްސާދާރުންގެ ގޮތުގައި ކަނޑައަޅައި، ސީދާ ޑޮލަރުން އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ތަރައްގީކުރާ ރިސޯޓުތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ސަރުކާރުން 10 ރިސޯޓު ތަރައްޤީކޮށް އެތަންތަނުން ލިބޭ ފައިދާ ދިވެހި ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ޑޮލަރުން ޖަމާކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި އެއަމާޒަށް ވާސިލުވުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކެބިނެޓުގައި މަޝްވަރާކޮށް ނިންމާފައިވާ މި ނިންމުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް ހަމަހަމަކަމާއެކު ބޭރު ފައިސާއިން އެމީހެއްގެ އެކައުންޓަށް ޖަމާކޮށް ދެއްވާނެ ކަމަށެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް މިއަދު ވިދާޅުވީ، ހުރިހާ ދިވެހިންނަށް ހިއްސާ ލިބޭ ގޮތަށް 10 ރިސޯޓު ހަދާނެ ތަންތަން މި ހަފުތާގެ ތެރޭގައި ކަނޑައަޅައި ނިމޭނެ ކަމަށެވެ. އަދި އުއްމީދަކީ ނޮވެމްބަރު މަހުގެ ތެރޭގައި މީގެ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ

ރައީސް ވިދަޅުވީ ޓޫރިޒަމް ސެކްޓާއަކީ ވަކި ބައެއްގެ އަތްމަތީ އޮންނަންޖެހޭ އެއްޗެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ތިން އަހަރުގެ ތެރޭގައި މި ރިސޯޓުތައް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި މީގެ ނަތީޖާއަކަށް ވާނީ ކޮންމެ ދިވެހި ރައްޔިތަކީ ވެސް ރިސޯޓު ޝެއާ ހޯލްޑަރަކަށްވެ، ކޮންމެ މީހެއްގެ އެކައުންޓަށް ރިސޯޓުތައް ހުޅުވިގެން ދިޔައީމަ ޑޮލަރުން ފައިސާ ޖަމާވުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top