އެލްޖީއޭގެ ހުއްދަ ނެތި ކައުންސިލްތަކަށް މުވައްޒަފުން ނެގުން މަނާކޮށްފި

ެއްިުދ.jpg

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލްތަކުން މުވައްޒަފުން ނެގުމުގެ ކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލިޔުމަކުން ހުއްދަ ހޯދުން ލާޒިމުކޮށް އެކަން ކައުންސިލްތަކަށް އަންގައިފިއެވެ.

މި ނިންމުން ކައުންސިލްތަކަށް އަންގާފައިވަނީ އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ނިމާލު ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީއަކުންނެވެ.

އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ނުވަތަ ކައުންސިލުގެ އަމިއްލަ އާމްދަނީން ޚަރަދުކޮށްގެން ނަމަވެސް ވަޒީފާއަށް މީހުން ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ.

މި އެންގުން ހަމައެކަނި ދާއިމީ މަގާމުތަކަކަށް ޚާއްޞައެއް ނޫނެވެ. ކައުންސިލްތަކުގައި އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކުގެ އިތުރުން ކޮންޓްރެކްޓް ވޭޖް ކޮންސަލްޓަންސީ އަދި އުޖޫރަ ދެވޭ އެހެނިހެން ކޮންމެ ބާވަތެއްގެ ވަޒީފާއަކަށް ވެސް މީހުން ނެގުމާއި އެކަމަށް އިއުލާންކުރުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

މި ފިޔަވަޅު ތަންފީޒުކުރަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ. އެ ތާރީޚުން ފެށިގެން އެލްޖީއޭގެ ހުއްދައާ ނުލައި ކައުންސިލެއްގެ އެއްވެސް ވަޒީފާއަކަށް މީހަކު ނުނެގުމަށް އެ ސިޓީގައި އަންގައިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top