ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް

37e6c304-f118-48e6-a725-ceb78fd4fa74.png

ހަތަރު ރަށެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރުން

ބ.ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލު ކޮށްފި އެވެ.

އިއްޔެ ހަވާލު ކުރި މި މަޝްރޫއުގެ ދަށުން ކިހާދޫގައި 240 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާ ލުމުގެ އިތުރުން 17,300 ކިއުބިކް މީޓަރުގެ ވެލި އަޅައިގެން ބެކްފިލް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކިހާދުއާއެކު އިތުރު ތިން ރަށެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުވެސް ވަނީ އެމްޓީސީސީ އާއި ހަވާލު ކޮށްފައެވެ. އެއީ ހއ.ކެލާގެ ބަނދަރު އަޕްގްރޭޑް ކުރުމާއި ފިޝަރީޒް އިންފްރާންސްޓްރަކްޗާ އަށް ބިން ހިއްކުމާއި ، ދ. ބަނޑިދޫގެ ބަނދަރު ފުން ކުރުމާއި ޖެޓީ ތަރައްގީކުރުމުގެ އިތުރުން ހއ.މުރައިދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ.

މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން، ސޮއިކުރެއްވީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުތަކަކީ އެ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކާއި ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމުގެ އިތުރުން އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދީގެން ފަށާ މުހިންމު މަސައްކަތްތަކެކެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top