ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ގުޅިގެން މައުމޫން ފައުންޑޭޝަނުން މަޒުމޫނު ލިޔުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި އެފުރުސަތު ހުޅުވާލައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފައުންޑޭޝަނުން ބުނީ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ އުމުރުފުރައަކަށް ބަހާލައިގެން ކަ،މަށެވެ. އެއީ 30 އަހަރުން ދަށުގެ އުމުރުފުރާ އާއި 30 އަހަރުން މަތީގެ އުމުރުފުރަ އެވެ.
ކޮންމެ އުމުރުފުރާއަކުން ވެސް އެއްވަނައަށް ހޮވޭ މީހަކަށް 5،000ރ. ކަނޑައަޅާފައިވާ އިރު ދެވަނަ އަށް 3،500ރ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 2،000 ރުފިޔާގެ އިނާމެއް ކަނޑއަޅާފައިވެއެވެ.
މި މުބާރާތަށް ލިޔުއްވާ މަޒުމޫނު އަންނަމަހުގެ 1 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ފޮނުވަން ޖެހެ އެވެ.
މައުމޫން ފައުންޑޭޝަނުން ވަނީ މި އަހަރު ގައުމީ ޅެން ހެދުމުގެ މުބާރާތެއް ވެސް ބާއްވާފައެވެ.





