ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން މުބާރާތުން ހަތަރުވަނަ ދިވެހި ދަރިވަރަކަށް, އިނާމަކަށް 170,000 ރިޔާލް

މައްކާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން ހިތުން ކިޔެވުމުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން ހަތަރުވަނަ ދިވެހި ދަރިވަރަކު ހޯދައިފި އެވެ.

މި ފަހުރު ހާސިލުކުރީ މއ. އަސާސް, އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު އެވެ. މިއީ މިފަދަ ބޮޑު މުބާރާތަކުން ދިވެހި ދަރިވަރަކު މިފަދަ ޝަރަފުވެރި ވަނައެއް ހޯދި ފުރަތަމަ ފަހަރެވެ. މި ވަނައިގެ އިނާމަކަށް 170000 ( އެއްލައްކަ ހަތްދިހަ ހާސް ރިޔާލް) ކަނޑައެޅިފައި ވެއެވެ.

މިއީ 46 އަހަރުވަންދެން ދުނިޔޭގައި ބާއްވަމުންދާ އެންމެ ބޮޑު ޤުރުއާން މުބާރާތެވެ. މި އަހަރު ބާއްވާފައިވަނީ 46 ވަނަ މުބާރާތެވެ.

133 ގައުމު ބައިވެރިވި މި މުބާރާތަކީ ތާރީޚުގައި އަންހެން ކުދިން ބައިވެރިވި ފުރަތަމަ ފަހަރެވެ. މީގެ ކުރީން އަންހެން ކުދިންގެ ގޮތްޕެއް މި މުބާރާތުގައި ނޯވެ އެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރީ މިރޭ ޙަރަމްފުޅުގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގަ އެވެ. މިޖަލްސާ ޝަރަފްވެރިކޮށްދެެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ.

މީގެ އިތުރުން މިޖަލްސާގައި ސައުދީ އިސްލާމިކް މިނިސްޓަރާއި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ ޢަބްދުއްރަޙްމާނުއް ސުދައިސް ބައިވެލެއްވި އެވެ. މިޖަލްސާ ގައި ޚާއްޞަ މެހްމާނެއްގެ ޙައިސިއްޔަތުން ބައިވެރިވުމުގެ ޝަރަފް އިސްލާޏިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދަށް ލިބިވަޑައިގަތެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެ ތަމްސީލު ކުރި ބައިވެރިއަކަށް މި މުބާރާތުން ވަނައެއް ލިބުމަކީ ރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށެވެ. ސައޫދީ އިސްލާމިކް މިނިސްޓަރ ޑރ އަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ ގާތަށް ވަޑައިގެން ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top