އޭދަފުށީގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލްތައް އައުމުގެ މަގުމަތީގައި

774803317_2065449914059940_862920106025726215_n.jpeg

އޭދަފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލްތައް އޭދަފުއްޓަށް ފޮނުވަން ތައްޔާރުވަނީ

ބ. އޭދަފުށީގައި ހިންގުމަށް ނިންމާފައިވާ ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލްތައް އޭދަފުއްޓަށް ފޮނުވުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

އޭދަފުށީގެ އިތުރުން، ކުޑަރިކިލާއި ތުޅާދޫ އަދި ރ. އަތޮޅުގެ އިނގުރައިދޫ އާއި މަޑުއްވަރީގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލްތައް ފޮނުވުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުން ކަމަށް އާރްޑީސީން މައުލޫމާތު ދިނެވެ.

މި ވެހިކަލްތައް އޭދަފުއްޓަށް ގެނެސް ފުރަތަމަ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދާނީ އޭދަފުށީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓު ތައްޔާރުކުރުމުގެ މަސައްކަތް އާރްޑީސީއިން މިމަހުގެ ކުރީކޮޅު ވަނީ ފަށާފައެވެ.

އޭދަފުށީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން އެ ރަށުގެ އިތުރު 5.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން ކުރަން ނިންމާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގުތަކުގައި ތާރު އެޅުމުގެ އިތުރުން، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރާނެ އެވެ. އަދި މަގުތަކުގައި ރޯޑް މާކިން ކުރެހުމާއި، ބޭނުންވާ ސައިން ބޯޑްތައް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top