އައިލެންޑް އޭވިއޭޝަނަށް ދެ ޓުވިން އޮޓާ ބޯޓު ގަންނަނީ

vhjbmn-.png

ގައުމީ އެއާލައިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އަށް ޓްވިން އޮޓާ ބޯޓްތަކެއް ގަންނަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުން ހެދީ ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާ އެކު އެވެ.

އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. ޑި ހެވިލަންޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޭޝިއާ ޕެސިފިކް/މިޑުލްއީސްޓް ސަރަހައްދުގެ ވައިސް ޕްރެޒިޑެންޓް ސޭލްސް ޔޮގޭޝް ގާގްއެވެ.

މި އެއްބަސްވުމުގެ ދަށުން ގަންނަން ނިންމާފައި ވަނީ ޑީއެޗްސީ-6 ޓްވިން އޮޓާ ކްލަސިކް 300-ޖީ މަރުކާގެ ދެ ބޯޓެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން މެނޭޖިންގ ޑިރެކްޓަރ އިޔާސް ވިދާޅުވީ، މިއީ އެ ކުންފުނީގެ ދަތުރުފަތުރުގެ ވިއުގަ ޒަމާނީކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އަލަށް ގެންނަ ބޯޓުތަކަކީ ރާއްޖޭގެ ތިމާވެއްޓާއި ގުޅޭގޮތަށް ފަރުމާކޮށްފައިވާ، އޮޕަރޭޓްކުރަން ފަސޭހަ ބޯޓުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި އިންވެސްޓްމަންޓަކީ ދަތުރުވެރިންނަށާއި ރިސޯޓުތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއްކަމަށްވެސް އިޔާސް ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަނުން މޯލްޑިވިއަންގެ ނަމުގައި ސީޕްލޭންގެ ޚިދުމަތް ފަށާފައިވަނީ ދެހާސް ސާދަ ވަނަ އަހަރު އެންމެ ދެ ބޯޓާއެކުގައެވެ. ނަމަވެސް މިއަދު އެ ކުންފުނީގެ ފްލީޓުގައި އެގާރަ ޓުވިން އޮޓަރ ބޯޓު އޮޕަރޭޓްކުރަމުންދާއިރު، މިއީ ދެހާސް އަށާރަ ވަނަ އަހަރަށްފަހު އެ ކުންފުނީގެ ފްލީޓަށް އިތުރުކުރާ ފުރަތަމަ ބޯޓުތަކެވެ. އަލަށް ގަންނަ ދެ ބޯޓާއެކު ކުންފުނީގެ ޖުމްލަ ސީޕްލޭންގެ އަދަދު ތޭރައަށް އިތުރުވެގެންދާނެއެވެ.

އިޔާސް ވިދާޅުވީ އެ ބޯޓުތަކުގެ ބަރުދަން ލުއިވުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސިންޖަރުންނާއި މުދާ އުފުލުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އޭގެ ސަބަބުން ރިސޯޓުތަކަށް ޓޫރިސްޓުން އުފުލުމުގައި މިހާރު ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބި، އާ މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ ގާބިލުކަން އިތުރު ވާނެ ކަމަށް ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top