އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފަށައިފި

img_md_202608050824371785943477.4826.png

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބ. އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ސައިޓު ސެޓްއަޕް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފިއެވެ.

އާރުޑީސީން ބުނީ، މި މަޝްރޫޢަކީ އޭދަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ މަގުތަކުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި ސައިޓު ތައްޔާރުކުރުމުގެ މަސައްކަތްތައް ނިމުމާއެކު، މަގުތައް ކޮނުމާއި ބިމުގެ އަޑިން އަޅަންޖެހޭ ހޮޅިތައް އެޅުމާއި، އަދި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top