އޭދަފުށި ހިމެނޭހެން އާސަންދައަށް މުވައްޒަފުން ހޯދަނީ

IMG_20230802_122311.jpg
އޭދަފުށި ހިމެނޭހެން އާސަންދަ ކޮމްޕެނީ ލިމިޓެޑަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާން ކޮށްފިއެވެ.

އެ ކުންްފުނިންް މުވައްޒަފުން ހޯދަން އިއުލާން ކޮށްފައިވަނީ އެސިސްޓެންޓް އޮފިސަރ- ކޭސް ޕްރޮސެސިންގެ މަގާމަަށވެވެ.

މި މަގާމުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ -/12،300.00 ރުފިޔާ އެވެ. އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެކަމަށްވެސް އާސަންދައިން ބުނެއެވެ. އޭގެއިތުރުން ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސްވެސް ލިބޭނެކަަމަށް އެކުންްފުނިން ބުނެއެވެ.

މިމަގާމަށް މީހުން ބޭނުންވާ ރަށްރަށުގެ ތެރޭގައި އޭދަފުއްޓާ އެކު ޅ. ނައިފަރު، އދ. މަހިވަދޫ، ދ.ކުޑަހުވަދޫ، ލ. ގަން ، ރ. އުނގޫފާރު، ތިނަދޫ ސިޓީ، ފ. ނިލަންދޫ ހިމެނެ އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިހާނުގެ 3 މާއްދާއިން “ސީ” ފާސް ލިބިފައިވުމާއި ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަދަ މީހަކަށް ވުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top