އޭދަފުށީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން މާދަމާރޭ

20160705_164334.jpg

އޭދަފުށީ ކައުންސިލްގެ އިދާރާ

އޭދަފުށީ ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންނާ މާދަމާރޭ ބައްދަލުކުރަން ހަމަޖެހިފައިވާކަން އިއުލާނަކުން އަންގައިފިއެވެ. އެ އިއުލާނުގައިވާ ގޮތުން މި ބައްދަލުވުން އޮންނާނީ މާދަމާރޭ 9:00ގައި މަލްޓިޕާޕަސް ހޯލުގައެވެ.

މި ބައްދަލުކުރުމުގެ ބޭނުމަކީ ލާމަރުކަޒީ ގާނޫނުގެ 110ވަނަ މާއްދާގައިވާ ގޮތުގެމަތީން ކޮންމެ އަހަރެއްގެ ޖުލައިމަހު ރައްޔިތުންނާ ބައްދަލުކޮށް ކައުންސިލުގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ޕްލޭނާއި ރިޕޯޓްތަކާއި ބަޖެޓް ރައްޔިތުންނަށް ހުށަހެޅުމާއި އެކަމަށް ރައްޔިތުންގެ ފަރާތުން ޚިޔާލު ހުށަހެޅުމެވެ.

މިގާނޫނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ” މިގޮތުން ރައްޔިތުންނާ ބައްދަލުކުރުމުގެ ހަތްދުވަސް ކުރިން އެރިޕޯޓްތަކާއި ޕްލޭނާއި ބަޖެޓުގެ މައުލޫމާތު އާއްމުކޮށް ހާމަކުރަންވާނެއެވެ. މީގެ އިތުރުން ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން އާއްމުކޮށް ހާމަކުރަންވާނެއެވެ. ”

ނަމަވެސް މި ގާނޫނުގައިވާ ގޮތަށް އަމަލުކުރުމަށް ހުވާކޮށްގެން ތިއްބެވި ކައުންސިލަރުން  އަމަލުކުރަމުން ދަނީ މިގާނޫނާ އެއްގޮތަށް ބާއެވެ. ކޮންމެ ދެމަހަކުން އެއްމަހު ރައްޔިތުންނާ ބައްދަލު ކުރޭ ހެއްޔެވެ؟ ބައްދަލު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ މި ދަައުރުގައި ރަށުގެ ތަރައްގީއަށް ކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟

މިއީ މިއަދު ރަށް ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އުފެދިފައިއޮތް އެންމެ ބޮޑެތި ސުވާލުތަކެވެ.

ވޭތުވެދިޔަ ތަނުގައި ކައުންސިލްގެ ފަރާތުން ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގުމުގެ އިތުރުން ރައްޔިތުންނާ އެއްވެސް ކަމެއް ހިއްސާ ނުކޮށް މި ދައުރު ނިމިގެންދާއިރު ރަށުކައުންސިލްވަނީ ހުރިހާ ގޮތަކުން ވަރަށް ބޮޑަށް ފެއިލްވެފައިކަމަށް ގިނަ ބަޔަކު ހިތާމައާއެކު ފާހަގަކުރެއެވެ.

މާދަމާ ރޭ އޮންނަ ބައްދަލުވުމަށް ވީހާ ގިނަބަޔަކު ބައިވެރިވުމަށް ކައުންސިލުން ދައުވަތު ދީފައި ވާއިރު މިފަދަ ބައްދަލުވުންތަކަށް ރައްޔިތުންގެ ވަރަށްމަދު ބަޔަކުނޫނީ ހާޒިރުނުވާކަން ފާހަގަ ކުރެވެއެވެ. ސަބަބެއްކަމުގައި ގިނަ ބަޔަކު ބުނަނީ އެއްވެސް އޮއްޓަރެއްނެތް އަދި ބިނާ ކުރަނިވި ފާޑުކިއުމަކަށް ޖާގަ ނުލިބުމާއި ފެއިލްވެފައި ތިބި ބަޔަކު ދައްކާ ވާހަކަތައް އެހުމުގައި ވަގުތު ނަގާލަން ބޭނުން ނުވާތީ ކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top