ސައުދީ ސަރުކާރުން ދޭ ސްކޮލަރޝިޕްތަކަށް ހުޅުވާލައިފި

442440_162a5472-9_-2048x1365-1.jpg

ސައުދީ ޢަރަބިއްޔާ ސަރުކާރުގެ އެހީގައި 2026-2027 ވަނަ އަހަރަށް ދިވެހި ދަރިވަރުންނަށް ހުޅުވާލާފައިވާ ސްކޮލަރޝިޕް ފުރުސަތުތަކަށް ކުރިމަތިލުމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ހުޅުވާލައިފިއެވެ. މިއީ ކިޔެވުމުގެ ހުރިހާ ޚަރަދެއް ސައުދީ ސަރުކާރުން ހަމަޖައްސައިދޭ ‘ފުލީ ފަންޑެޑް’ ސްކޮލަރޝިޕް ތަކެކެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން ސައުދީ ޢަރަބިއްޔާގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުން ފުރަތަމަ ޑިގްރީ، މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކިޔެވުމަށް ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި މެޑިސިން، އިންޖިނިއަރިން، އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް ސްޓަޑީޒް، ސައިންސް އަދި އިސްލާމިކް ސްޓަޑީޒް ހިމެނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ސައުދީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެމްބަސީން ވަނީ އިރުޝާދު ދީފައެވެ. ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނީ ސައުދީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންނެވެ.

ކޯސްތަކަށް ހޮވޭ ދަރިވަރުން ފުރުމުގެ ކުރިން، އެ ކިޔަވާ މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ބަލައިގަންނަ ތަނެއްކަން ކަށަވަރު ކުރަންޖެހޭނެއެވެ. އަދި މެޑިސިން ފަދަ ލައިސަންސް ބޭނުންވާ ދާއިރާތަކުން ކިޔަވާ ދަރިވަރުން، އެ ކޯހަކީ ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ ކޯހެއްތޯ ބެލުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top