ދިޕިކާ އާއި ރަންވީރުގެ ކައިވެނި އިޓަލީގައި

ranveer-deepika1.jpeg

ބޮލީވުޑްގެ އެންމެ ލޯބި ޖޯޑު ކަމަށް މަޝްހޫރު ވެފައިވާ ދިޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގ ގެ ކައިވެނި އޮތީ މި މަހުގެ 14 އާއި 15ގައި ކަމަށް ޚަބަރު ތަކުން ޔަގީން ކޮށްދިނަސް އެ ކައިވެނި އޮންނަ ތަނެއް އަދި މިހާ ތަނަށް މީޑިއާ ހަމައަށް ތިލަވެފައެއް ނުވެއެވެ. އެހެންނަމަވެސް މިހާރު ޔަގީން ވެފައިވަނީ ކައިވެނީގެ ރަސްމިއްޔާތު އޮތީ 18 ގަރުނު ވެފައިވާ އިޓަލީގެ ވިލާ ޑެލް ބެލްބިއަނެލޯ ގައެވެ.

މި ވިލާ އަކީ ގިނަ ހޮލީވުޑް ތަރިންވެސް ކައިވެނި ހަފްލާ ބާއްވާފައިވާ ތަނެކެވެ. މީގެ އިތުރުން “ސްޓާ ވޯސް އެޕިސޯޑް 2 އެޓޭކް އޮފް ދަ ކްލައުންސް” އަދި “ކެސިނޯ ރޯޔަލް” ވެސް ވަނީ މި ތަނުގެ މަންޒަރުތައް ހިމަނާފައެވެ.

މި ކައިވެނީ ޚާއްސަ ވާ އެންމެ ބޮޑު ސަބަބަބީ ކައިވެނީގެ ހަފްލާގެ މައިގަނޑު ކެއުމަށް ހަމަޖައްސާފައިވާ މެނޫ ، އިތުރު އެއްވެސް ހަފްލާއެއްގައި ބޭނުން ނުކުރެވޭ ގޮތަށް ޝެފުންނާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމެވެ. މީގެ އިތުރުން ކައިވެނީގެ ރަސްމިއްޔާތަށް މޯބައިލް ފޯނު ނުވެއްދުމަށް އެދިފައިވާ އިރު ހަފްލާގައި އާއިލާ މީހުންނާ ވެއިޓަރުންނަށް ވެސް ވަނީ ޚާއްސަ ހެދުމެއް ހަމަޖައްސާފައެވެ.

ކައިވެނީގެ ރަސްމިއްޔާތު އިޓަލީގައި އޮތް ނަމަވެސް އަންނަ ޑިސެމްބަރު ދެވަނަ ދުވަހު ބޮލީވުޑްގެ ތަރިންނާއި ޚާއްސަ މެހެމާނުން ކޮޅަކަށް ދައުވަތު ދީގެން ވަކި ހަފްލާއެއް ބާއްވައެވެ. ހަމަމިއާއެކު ދިޕިކާގެ އުފަން ރަށް، ބެންގަލޫރުގައި ގާތް ރަހްމަތްތެރިންނާއި އާއިލާމީހުން ބައިވެރިވާ ހަފްލާއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދިޕިކާއާ ރަންވީރު ރައްޓެހި ވެފައިވަނީ 2013 ގައި ދެމީހުން އެކުގައި ކުޅުނު ސަންޖޭލީލާ ބަންސާލީގެ ގަލިޔޯންކީ ރަސޭލާގެ ޝޫޓިންގ ތެރެއިންނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top