ދިއްދޫ އަތުންވެސް އޭދަފުށި ބަލިވެއްޖެ

photo_2026-05-03_18-26-28.jpg

ނޯތު ރީޖަން ފައިނަލްގައި ދިއްދޫ ކުޅުންތެރިން ލަނޑެއް ޖެހުމަށްފަހު އުފާ ފާޅުކުރަނީ، އެޓީމު ވަނީ ނޯތު ލީގުގައި އޭދަފުށީގެ މައްޗަށް 2-1 އިން ކުރި ހޯދާފައި، ފޮޓޯ: ދިއްދޫ ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ދެވަނަ މެޗު ޒޯން 1 ގައި ދިއްދޫ އާއި އޭދަފުށި ބައްދަލު ކުރި މެޗުންވެސް އޭދަފުށި ބަލިވެއްޖެ އެވެ.

ދިއްދޫ އާއި އޭދަފުށިން ވެސް ބިދޭސީ ކުޅުންތެރިންގެ ކުޅުން ފެނިގެންދިޔަ މިއަދުގެ މެޗު ދިއްދޫ ކާމިޔާބުކުރީ 2-1 އިންނެވެ.

މި މެޗުގައި ދިއްދޫގެ ބިދޭސީ ކުޅުންތެރިޔާ ޖޯޒީ ނަންބަރު 28 ޑީޖޭ ވަނީ މެޗުގެ 7 ވަނަ މިނިޓްގައި ލަނޑެއްޖަހައި މެޗުގެ ލީޑު ނަގައިދީފައެވެ. ދިއްދޫ އަށް ލީޑު ފުޅާކޮށްދިން ލަނޑު ވެސް ޖަހައިދީފައި ވަނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިއެކެވެ. ދެވަނަ ހާފުގައި ފެނުނު މިލަނޑު ޖަހައިދީފައި ވަނީ ޖޯޒީ ނަންބަރު 25 ޔޫސުފް ނަގައިދިން ހުރަހަކުން އެޓީމުގެ ޖޯޒީ ނަންބަރު 9 ބެނަރޑް އެވެ.

މި މެޗުގައި އޭދަފުށިން ޖެހި ހަމައެކަނި ލަނޑުފެނިގެން ދިޔައީ 69 މިނިޓްގައެވެ. މި ލަނޑު ޖަހައިދިނީ އޭދަފުށީގެ ބިދޭސީ ކުޅުންތެރިޔާ ޖޯޒީނަންބަރު 26 ސޮހޮރަބް އެވެ.

މި މެޗުގެ ފަހު ހާފުގައި ދިއްދޫ އިން ގިނަ ހަމަލާތައް ފޮނުވާލިނަމަވެސް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top