މި އަނިޔާވެރި ޖަރީމާ ހިންގާފައިވަނީ އަފްޣާނިސްތާނުގެ ޣޯރް ޕްރޮވިންސްގައި އުމުރުން 14 އަހަރުގެ މާބަނޑު އަފްޣާން ކުއްޖެއްގެ ގައިގާ ރޯކޮށްލައިފިއެވެ.
މި ހާދިސާގައި ނިޔާވި އަންހެންކުއްޖާގެ އާއިލާއިން ބުނާ ގޮތުގައި މި އަނިޔާވެރި ޖަރީމާ ހިންގާފައިވަނީ އެކަނބުލޭގެ ކައިވެނިކޮށްގެން އުޅޭ ފިރިމީހާގެ އާއިލާއިންނެވެ.
މިކަމާގުޅިގެން އަފްޣާނުގެ ހިއުމަންރައިޓްސް ކޮމިޝަންގެ ވެރިޔާ ސިމާ ސަމަރް ވިދާޅުވީ ރައްކާތެރިކަން ނެތުމާއި، ފަގީރު ހާލަތުގެ ސަބަބުން އަފްޣާނިސްތާނުގެ ބައެއް އާއިލާތަކުން އެމީހުންގެ ދަރިން ވަރަށް ކުޑައިރު ކައިވެނި ކުރުވާ ކަމަށެވެ. އެއީ، އެކުދިން ބެލުމުގެ ޒިންމާއިން ސަލާމަތް ވުމަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ދާދިފަހުން ބީބީސީ އިންނެގި އިންޓަރނޭޝަލަން ޕޯލެއްގެ ނަތީޖާ ދައްކާގޮތުގައި ދުނިޔޭގައި އަންހެންނުން ނަށް އެންމެ ނުރައްކާ ބޮޑީ އަފްޣާނިސްތާނުގައެވެ.
އަފްޣާން ގާނޫނު ބުނާގޮތުގައި އެގައުމުގައި އަންހެން ކުއްޖަކަށް ކައިވެނި ކުރެވޭނެ އެންމެ ހަގު އުމުރަކީ 16 އަހަރެވެ.